ads
މެޑިޓަރޭނިއަން ކެއުމުގެ އާދައިން ސިކުނޑިއާއި ހިތް ރައްކާތެރިކޮށްދޭ
މެޑިޓަރޭނިއަން ކެއުމުގެ އާދައިން ސިކުނޑިއާއި ހިތް ރައްކާތެރިކޮށްދޭ: ދިރާސާ
ކެއުމުގެ އާދަތައް ބަހައްޓާ ގޮތުން އިންސާނާގެ އުމުރު ދިގުވުމަށް މަގުފަހިވާކަން އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.
Advertisement

ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯނިއާގެ ދިރާސާވެރިން ކުރިއަށްގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި، މެޑިޓެރޭނިއަން ކެއުމުގެ އާދަތަކަށް ތަބާވުމަކީ ހަށިގަނޑުގެ ސެލްތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ސިއްހީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާ ކަމެކެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި، މެޑިޓެރޭނިއަން ކެއުން ބޭނުންކުރުމުން މައިޓޯކޮންޑްރިއަލް މައިކްރޯޕްރޮޓީންސް ކަމަށްވާ "ހިއުމަނިން" އަދި "ޝްމޫސް" ހަށިގަނޑުގައި އުފެދޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. މި ދެ މައިކްރޯޕްރޮޓީންއަކީ ހަށިގަނޑުގެ ސެލްތަކުގެ މެދުގައި މެސެޖުތައް ބަދަލުކުރުމަށް އެހީތެރިވެދޭ މުހިންމު ސެލިއުލާ މެސެންޖަރުންނެވެ.

ސައިންސްވެރިން ފާހަގަކުރި ގޮތުގައި، މި މައިކްރޯޕްރޮޓީންތަކުގެ ސަބަބުން އިންސާނާގެ ހިތާއި ސިކުނޑި ރައްކާތެރިކޮށްދިނުމުގެ އިތުރުން، އުމުރުން ދުވަސްވުމުގެ ސަބަބުން ހަލާކުވާ ޓިޝޫތައް ވެސް ހިމާޔަތްކޮށްދެއެވެ. މީގެ އިތުރުން، ނާރުތަކަށް ލިބޭ ގެއްލުންތަކުންނާއި ނާރުތަކާ ގުޅުންހުރި ބަލިތަކުން ހަށިގަނޑު ސަލާމަތްކުރުމުގައިވެސް މި މާއްދާތައް މުހިންމު ދައުރެއް އަދާކުރެއެވެ.

މި ދިރާސާގެ ނަތީޖާއިން އެނގެނީ ކެއުމުގެ އާދަތަކަށް އެދެވޭ ބަދަލެއް ގެނެސްގެން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ދެމިތިބެވޭނެ ކަމެވެ. ސައިންސްވެރިން އިރުޝާދު ދެއްވަނީ ސިއްހަތަށް ފައިދާހުރި މިފަދަ ކެއުމުގެ އާދަތައް ދިރިއުޅުމުގައި އަށަގަންނުވައި، ދުޅަހެޔޮ ދިރިއުޅުމަކަށް އިސްކަންދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް