ގައުމީ ޔުނިވާސިޓީގެ، ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖާ މަރުވުމުގެ ކުރިން ފުލުހުންނަށް މެސެޖުކުރަމުން ދިޔަކަމަށާއި އެ މެސެޖުތަކަށް ޖަވާބުދީ އެ ކުއްޖާއަށް އެހީވާން ފުލުހުން މަސައްކަތް ކުރި ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

Advertisement
ގައުމީ ޔުނިވާސިޓީގެ، ދަނާލުގައި ދިރިއުޅެމުން ދިޔަ 18 އަހަރގެ އަންހެން ކުއްޖެ މަރުވި މައްސަލަ ފެންމަތިވީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ.
މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ދަނާލުގައި މަރުވި 18 އަހަރުގެ ކުއްޖާ ފުލުހުންނަށް ކުރި ކޯލްތަކާއި ފޮނުވި މެސެޖުތަކަށް ފުލުހުން ޖަވާބު ނުދޭކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތެކެއް ކަމަށެވެ. މިނިސްޓަރު އިހްސާން ވަނީ އެ ކުއްޖާއާއި ފުލުހުންގެ ވިކްޓިމް ސަޕޯޓް ނަމްބަރާއި ދެކެވުނު ވާހަކަތަކާއި ފުލުހުން އެކަމުގައި ކުރި މަސައްކަތް މިއަދު ކިޔާދީފައެވެ.
އެ ކުއްޖާ ފުލުހުންނާއި ދެކެވުނު ވާހަކަތަކާއި ޓައިމް ލޮގް 20ވަނަ ދުވަހުގެރޭ
- 20:40 އެ ކުއްޖާ ކުރި މެސެޖު : އައިއޭމް ސޯ ކްލޯސް ޓު ގިވަޕް
- 20:49 ގައި ފުލުހުން ދިން ޖަވާބު: ހައި ވުޑް ޔޫ ލައިކް ޓު ޝެއާ ވިތް އަސް
- 20:50 އެ ކުއްޖާ ކުރި މެސުޖު : އައި ޖަސްޓް ކާންޓް ކޮންޓްރޯލް މައި ތޯޓްސް
- 20:53 އެ ކުއްޖާ ކުރި މެސެޖު : ޕްލީޒް ޑޯންޓް ކޯލް އެނީވަން
- 20:53 އެ ކުއްޖާ ކުރި މެސެޖު: އައި އޭމް އޯކް. އައިމް ގޮއިންޓު ބީ އޯކޭ
- 20:53 އެ ކުއްޖާ ކުރި މެސެޖު: އައި ހޭވް ބީން އޯކޭ
- 20:56 އެ ކުއްޖާ ކުރި މެސެޖު: އައި އޭމް ގޮއިން ފޯ އަ ވޯކް
- 00:38 އެ ކުއްޖާގ މެސެޖެއް : އައި އޭމް ގޯން
- 00:38 ފުލުހުން ކުރި މެސެޖު : ވަޓް ޑޫ ޔޫ މީން ބައި ދެޓް. ވުޑް ޑޫޔޫ ލައިކް ޓު ގޯ ހޮސްޕިޓަލް އޯ ޓޯކް ޓު މީ
- 00:57 އެ ކުއްޖާ ވަނީ ވައިބައި އިން އޮފްލައިންވެފައި
- 00:36 އެ ކުއްޖާގެ ބޭބެއަށް އެ ކުއްޖާ ކޮށްފައިވާ މެސެޖު : އައި އޭމް ނޮޓް ބޮދާޑް
- 01:03 ގައި ވިކްޓިމް ސަޕޯޓުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅާ އެ މުއާމަލާތުތައް ހިންގިކަން އެނގި
- 01:08 ގައި ފުލުހުން ދަނާލަށް ވަނީ
- 01:14 ހިނގަންދެން އިދާރީ މީހުންނާ ވާހަކަ ދައްކާ އެ ކުއްޖާ އުޅޭ ކޮޓަރި ހޯދަން މަސައްކަތް ކުރި
- 01:32 : އެކުއްޖާ އުޅޭ ކޮޓަރި ފުލުހުންނަށް ކަށަވަރުކުރެވުނު، ފުލުހުން ދިޔަ އިރު ކޮޓަރީގެ ލައިޓްތައް ނިވާލާފައި. ފެން ލައިޓުން ބެލިއިރު ކުއްޖާ މަރުވެފައި
ހޯމް މިނިސްޓާރު ވިދާޅުވީ އެހިސާބުން ދެން އެއްވެސް މެސެޖެއް ނުލިބި އެކުއްޖާގެ މެސެޖެން ދެން އައީ އެރޭ ދަންވަރު 12:38 ގައިކަމަށެވެ. އެ މެސެޖުގައި ބުނެފައިވަނީ " އައިއެމް ގޯން " މިހެން ޖަހާފއިވާ މެސެޖެއްކަމަށެވެ. އެ ހިސާބުން ފެށިގެން 12:43 ގައި ފުލުހުން ރެސްޕޯންޑްކުރިކަމަށާއި އަދި އެ ކުއްޖާއަށް އެހީވާނެ އެދޭވާހަކަ ބުނިކަމަށެވެ. އޭގެ ފަހުން އެއްވެސް މުއާމަލާތެއް ފުލުހުންނާ އެ ކުއްޖާ ނުކުރެވޭކަމަށް އިހްސާން ވިދާޅުވިއެވެ.
" އެއަށްފަހުގައި ސޯޝަލް މޑިއާގައި ފެތުރިފައިވާ ވާހަކާގައި އެބަ ބުނޭ އެކު ވަގުތުތަކުގައި ފުލުހުންގެ އެފްޕީސީޑީ ނަމްބަރަކަށާއި 911 ކޯލް ސެންޓަރަށް އެ ފަރާތުން ގުޅަން މަސައްކަތް ކޮށްފައިވާކަމަށް. އެއީ ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް. ފުލުހުންގެވެސް އަދި ސަރުކާރުގެވެސް އެއްވެސް މި ބާވަތުގެ ނަމްބަރަކަށް މި ނަމްބަރު އަދި މި ކުއްޖާވެސް ގުޅާފައިވާކަމުގެ އެއްވެސް މައުލޫމާތެއް އަޅުގަނޑުމެންނަށް ލިބިފައެއް ނެތް" އިހްސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ ފުލުހުން އެންމެ ފަހުން ކުރި މެސެޖަށް ޖަވާބު ނުލިބުމުން ފުލުހުންގެ ޓީމުން ދަނާލަށް ގޮސް އެ ކުއްޖާ ދިރިއުޅޭ ކޮޓަރި ހޮދާ އެ ކޮޓަރިއަށް ދިޔަކަމަށެވެ.
" 01:32 ގައި އެ ކުއްޖާ އުޅޭ ކޮޓަރި ކަށަވަރުވުމުން އެ ހިސާބަށް ގޮސް ކޮޓަރީގެ ބޮކިތައް ނިއްވާފައި ހުރުމުން ފެން ލައިޓް ތްރޫކޮށް ބެލއިރުގައި މި ހާދިސާ ހިނގާފައިވާތަން ފެނުނު. އެ ހިސާބުން ފެންލައީތްގެ ޒަރީޔާއިން އެ ސީނަށް ފުލުހުން ވަދެފައިވަނީ " އިހްސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ މި މައްސަލާގައި ފުލުހުން އަމަލުކޮސްފައިވާ ގޮތް އެ އިދާރައިންވެސް ބަލާ ކަމާއި ގުޅުން ހުރި އިދާރާތައް މެދުވެރިކޮށްވެސް ބަލާނެކަމަށެވެ. އަދި މިފަދަ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުނުކޮށް ނުފެތުރުމަށް އިހްސާން ވަނީ އިލްތިމާސްކޮށްފައެވެ.