އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު އެ އިންތިހާބު އަންނަ ޖޫންމަހުގެ 12 ވަނަދުވަހު ބާއްވާނެކަަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެ އިންތިހާބުގައި ވޯޓުލެވޭނީ އިއްޔެގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އިސްތިއުނާފް މަޖިލީހުގެ ރައީސް އަހުމަދު އަބްދު ﷲ އަފީފު މިއަދު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ފޮނުވި ސިޓީގައި ބުނީ އިންތިހާބަށް ގޮވާލީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެގޮތުން ޕާޓީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބުގެ ކަންތައްތައް ރާވައި ހިންގުން އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއިން ހަވާލުކޮށްފައިވަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްއާ ކަމަށް އަފީފްގެ ސިޓީގައިވެއެވެ. އެހެންވެ، އޭނާއަށް އެންގުމެއް ނެތި އިންތިހާބާ ގުޅޭ ކަންކަން ނުނިންމޭނެ ކަމަށް އަފީފް ގަޕޯއަށް ފޮނުވި ސިޓީގައިވެ އެވެ.
އިންތިހާބަށް ހުޅުވާލަން ކުރި އިއުލާނާއި އެ އިއުލާނާ އެކު އާއްމުކޮށްފައިވާ ޓައިމްލައިނަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކޮންމެވެސް ބަޔަކު ނިންމާފައިވާ ނިންމުންތަކެއް ކަމަށް އަފީފްގެ ސިޓީގައިވެއެވެ. އެހެންކަމުން އެ ނިންމުންތަކަކީ ބާތިލު ނިންމުންތަކެއް ކަމަށް އިއުލާނުކޮށްދޭން އަފީފްގެ ސިޓީގައި އޭނާ ވަނީ ގަޕޯއަށް އަންގާފަ އެވެ.
މީގެއިތިރުން އެމްޑީޕީގެ އެތައް މެމްބަރުންނެއް އެހެން ޕާޓީތަކަށް އޮޅުވާލައިގެން ވައްދާފައިވާއިރު، އެ ފަރާތްތަކަށް އަލުން ޕާޓީއަށް ވަނުމުގެ ފުރުސަތު ނުލިބޭ ގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ކެންޑިޑޭޓުންގެ ހައްގު ގެއްލޭ ކަމެއް ކަމަށްވެސް އެ ސީޓިގައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުން އަލްހާން ފަހުމީ ނުކުންނާނެކަން ވަނީ އިއުލާންކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;