ads
މުހައްމަދު ޒީހާން އަބްދުﷲއާ އިނާމު ހަވާލުކުރަނީ. - ފޮޓޯ/ދިރާގު
ދިރާގުގެ "ކާށްޓެއް ބިނދެގެން ޗައިނާއަށް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ އިއުލާންކޮށްފި
ދިރާގުން ރޯދަމަހު ކުރިއަށް ގެންދިޔަ "ކާށްޓެއް ބިނދެގެން ޗައިނާއަށް" ދެވޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް އިއުލާންކޮށްފި އެވެ.
Advertisement

ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި އިއުލާނުކޮށްފައިވަނީ މި މަހުގެ 8ގައި ދިރާގުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދިން ޕްރޮގްރާމެއްގަ އެވެ. މި ގުރުއަތުން ހޮވުނީ މުހައްމަދު ޒީހާން އަބްދުﷲ އެވެ. 

ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ބޮޑު އިނާމަށް ޝަރުތު ހަމަވުމަށްޓަކައި، ކޮންމެ ދުވަހަކު ކާށި ފަޅައި، ވިދިވިދިގެން 30 ދުވަހު މި ހަރަކާތުގައި ބައިވެރިވާން ޖެހެ އެވެ.

ދިރާގުން ބުނި ގޮތުގައ އެ ކުންފުނީގެ އަމާޒަކީ މަންފާކުރަނިވި ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމެވެ. މި ގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ތަފާރު ހާއްސަ ޕްރޮމޯޝަންތައް އެ ކުންފުނިން ދަނީ ކުރިއަށް ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;