ads
މ. މުލި
ޑެންގީ ހުންޖެހިގެން 17 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެ
ޑެންގީ ހުންޖެހިގެން 17 އަހަރުގެ އަންހެން ކުއްޖަކު މ. މުލީގައި ނިޔާވެއްޖެއެވެ.
Advertisement

ނިޔާވެފައިވަނީ އެރަށު އަތަމާގެ އައިޝަތު އަންޖަލް މުމްތާޒުއެވެ. އަންޖަލް ނިޔާވެފައިވަނީ ޑެންގީ ހުން އައިސްގެން މުލީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގައެވެ. އޭނާ  ހުންއައިސްގެން ހޮސްޕިޓަލްގައި ފަރުވާދޭން ފަށާފައިވަނީ އަންގާރަ ދުވަހުއެވެ. 

މީ ޑެންގީގައި މިމަހުގެ ތެރޭގައި ދެވަނަ މަރެވެ. 

ޑެންގީ ހުން ޖެހިގެން ހާލު ދެރެވެ ފަރުވާދެމުން ދިޔަ ށ. މިލަންދޫ ޒުވާނެއްކަމަށްވާ އުމުރުން 23 އަހަރުގެ އަހްމަދު ނަބްހާން މުހައްމަދު ވަނީ މިމަހުގެ 13 ވަނަ ދުވަހު ނިޔާވެފައެވެ. އޭނާ ނިޔާވީ ރަށުގައި ފަރުވާދިނުމަށްފަހު ހާލު ސީރިއަސްވެގެން މާލެ ގެނެސް ފަރުވާދެމުން ދަނިކޮށެވެ. 

ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މި ދުވަސްވަރު އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ފަހުން ވަނީ ބުނެފައެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑެންޗީ، ޗިކަންގުންޔާ ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ކުރިޔަށް އޮތް މަސްތަކުގެ ހާއްސަކޮށް އޭޕްރިލްއިން ޖުލައިގެ ނިޔަލަށް އިތުރުވެގެންދާނެކަަމަށް ލަފާކުރެވޭކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

ހެލްތު މިނިސްޓްރީން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިދިޔަ މާރިޗުމަހު ޑެންގީ ޖެހިގެން ރިޕޯޓްކުރި އަދަދުވަނީ 535 އަރާފައެވެ. އެއީ 2025 ވަނަ އަހަރުގެ މާރިޗުމަހާއި އަޅާ ބަލާއިރު ބޮޑު ތަނުން އިތުރު އަދަދެއްކަން ހެލްތް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;