ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރަށް ބަދަލުތައް ގެންންވާނެކަން ރައީސް މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި ހިމެނުނު އާދަމް ޝަރީފާއި ތާރިގު އިބްރާހިމް ވަޒީރުކަމުން ކުއްލިއަކަށް އިސްތިއުފާދެއްވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން އޭރު ބުނީ އެ ބޭފުޚުން އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިޒަށް ފުރުސަތު ދެއްވުމުގެ ގޮތުންކަމަށެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފު އުމަރާއި ޓުއަރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތާރިގް އިބްރާހިމް މިއަދު ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފައެވެ.
މީގެއިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުވެސް ވަނީ އެ މަގާމަށް މިއަދު އައްޔަންކުރައްވަފައެވެ. އޭނާ އެ މަގަމަށް އައްޔަންކުރެއްވި އިރު މިދިޔަ ކައުންސިލް އިންތިހާބާއި އެކު ބޭއްވި ފެންނާ ނުފެންނަ ވޯޓުގައި ދިޔާނާ ވަނީ ސަރުކާރަށް ތާއިދުކުރައްވާ ސަރުކާރުގެ ހުށައެޅުމަށް ކެމްޕެއިންވެސް ކޮށްދެއްވާފައެވެ. އަދި ދާދި ފަހުން ޖާބިރުވެސް ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;