ads
ގދ. ވާދޫ މަތިން ނަގާފައިވާ ފޮޓޯއެއް
ފަހަރި ކައިރިއަށް އޮރިޔާމުން ދިޔަ ގދ. ވާދޫ މީހަކު ޖަލަށް!
އެއްބަނޑު ބޭބެގެ އަންހެނުން، ނުވަތަ ފަހަރި ކައިރިއަށް އޮރިޔާމުން ދިޔަ ގދ. ވާދޫ މީހަކު، ޖަލަށްލާން އެ ރަށު ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

ގދ. ވާދޫގައި، މިދިޔަ ޑިސެމްބަރު މަހު ހިނގި މި ހާދިސާއަކީ، ދިވެހި ފިރިހެނަކު، އޭނާގެ އެއްބަނޑު ބޭބެގެ އަންހެނުން، ނުވަތަ އޭނާގެ ފަހަރި، ގޭ ބަދިގޭގައި އުޅެނިކޮށް، އޮރިޔާމުން ބަދިގެއަށް ދިޔަ މައްސަލަ އެވެ. 

މި މައްސަލައިގައި ވާދޫ މީހާގެ މައްޗަށް ޕީޖީ އޮފީހުން ކުރީ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އެވެ.

ޝަރީއަތުގައި، ދައުވާ ލިބުނު މީހާވަނީ އިއުތިރާފުވެފައިވާތީ ކޭސް ކުރިއަށް ގެންދިޔައީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ. މި ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި ހަތަރު މަހާއި 24 ދުވަސް ކަނޑައަޅާފައި އޮތްނަމަވެސް، ކުށަށް އިއުތިރާފުވުމުން އަދަބުވަނީ އެއް ދަރަޖަ ލުއިކޮށްދީފައެވެ. 

އަބަދު ލުއިކޮށްދިނީ، ތިން މަހާއި 18 ދުވަހަށް ބަންދު ކުރުމަށެވެ. އެކަމަކު، މި މައްސަލައިގައި ދައުވާ ލިބުނު މީހާ، ދެ މަސް ދުވަހު ބަންދުކޮށްފައި ހުރުމުން އެ މުއްދަތު އަދަބުން އުނިކުރުމުން ތަންފީޒު ކުރަން ޖެހޭ އަދަބަކީ އެއް މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

18%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;