ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސީރިއަސް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން "އައިޝާ" ގެ ނަމުގައި ހެދި ޑޮކިއުމެންޓްރީގެ މައްސަލަ ހޫނުވެފައިވަނިކޮށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ އަޚުލާޤީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމުން، މައުލޫމާތުގެ ފެންވަރާއި ސައްހަކަން ކަށަވަރުކޮށްދީ، ދެފުށްފެންނަ އަދި ޖަވާބުދާރީވެވޭ އުސޫލުތައް ކުރިއަރުވައި، ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓަންޖެހޭނެ ކަމަށެވެ.
އަދި ނޫސްވެރިކަމުގައި އަޚުލާޤީ މިންގަނޑުތައް އެއްފަރާތްކޮށްފިނަމަ، ދޮގު މައުލޫމާތު އާންމުވެ، ގެއްލުންދެނިވި ކަންކަން އިތުރުވެ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރީންނަށް ބަރޯސާވާ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެން ހިނގައިދާނޭކަމަށް ވިދާޅުވި އެވެ.
ނައިބުރައީސް އެދިވަޑައިގަތީ މައުލޫމާތު ފެތުރުމުގައި އިތުރަށް ޒިންމާދާރުވުމާއެކު، ނޫސްވެރިކަމުގެ އަސާސީ އުސޫލުތަކުގައި ގަދައަށް ހިފަހައްޓައިގެން މަސައްކަތްކުރުމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;