ads
މީޑިއާ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި މެމްބަރުން ވާހަކަ ދައްކަވަނ - ފޮޓޯ: މީޑިއާ ކޮމިޝަން
ފުލުހުންގެ ތަހުގީގަށް ގޮތް ކިޔުމުގެ ގާނޫނީ ބާރެއް ނެތް: މީޑިއާ ކޮމިޝަން
ފުލުހުންގެ ތަހުގީގަށް މައުލޫމާތު ހޯދާ ގޮތް ކަނޑައެޅުމުގެ އިހުތިޔާރެއް ގާނޫނުން ނުލިބޭކަމަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.
Advertisement
"އަދަދު" ނޫހުން "އައިޝާ" ގެ ނަމުގައި ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އޮފީހަށް ފުލުހުން ރޭ ވަދެ ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފަ އެވެ. 

މީޑިއާ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނޫސްވެރިކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 25 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އަސާސީމިނިވަން ކަމެއްކަމުގައި ވީހިނދު، އެކޮމިޝަނަކީ، އެމިނިވަންކަން ވީހާވެސް ފުޅާދާއިރާއެއްގައި ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމުގައި، ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން އިދާރީ ގޮތުން ކަނޑައަޅަން ޖެހޭ މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރުމަށް ގާނޫނން މަތިކޮށްފައިވާ ގާނޫނީ ޝަހުސެއް ކަމަށެވެ.


އެހެން ކަމުން ފުލުހުން އެފަރާތުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިފައި ނުވާކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް، މީޑިއާތަކުން އާންމުކުރާ ކޮންޓެންޓާ ގުޅުންހުރި މައްސަލަތައް ބަލައި، ތަހުގީގު ކުރުމާއި އިދާރީ ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި އެކަން ކުރާނެކަން ކޮމިޝަނުން ފާހަގަކުރި އެވެ. 


އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފަ އެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި މިހާރު އޮތް މީޑިއާ ކޮމިޝަނަކީ ރާއްޖޭގައި މީޑިއާ ރެގިއުލޭޓް ކުރުމަށްޓަކައި މީގެ ކުރިން އޮތް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލުމަށް ފަހު، މި ސަރުކާރުގައި އުފެއްދި ކޮމިޝަނެކެވެ. އެ ކޮމިޝަން ވުޖޫދުކޮށްފައިވަނީ، ނޫސްވެރިންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި ގާނޫނެއް ފާސްކޮށްގެންނެވެ. 

އަދަދު" ނޫހުން ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުލުހުން ރޭ ވަނީ ކޯޓު އަމުރަކާއެކު އެ ނޫހުގެ އޮފީހަށް ވަދެފަ އެވެ. އެ އަމުރުގައިވާ ގޮތުން ފުލުހުން ވަދެފައިވަނީ މީހަކު ދިން އިންޓަވިއުއަކަށް ބިނާކޮށް ހަދައިފައިވާ ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައި ކަމަށް އެ ނޫހުގެ ނޫސްވެރިން ބުނެފައި ވެއެވެ.  
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;