މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ. އެ މައްސަލައިގެ ތެރެއަށް އިދިކޮޅު އެމްޑީޕީންވެސް ވަނީ ވަދެފަ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީން ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައިވަނީ އިންތިހާބުވާ މެމްބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެމްބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭނެ އެވެ.
މި މައްސަަލަ ނިންމާ ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެކަމަށް ކަނޑައަޅާ ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނު އަސަސީގެ ސިޔާދާތީ ބާރަށް އުނިކަން އަންނާނެކަން ނުދެކޭކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގަކަށް އުނިކަން އަންނާނެކަމަށް ނުދެކޭކަމަށްވެސް ސުޕްރީމް ކޯޓް ހުކުމުގައިވެއެވެ. މި ނިންމުން ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ 6 ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝަތު ސުޖޫންގެ އެވެ.
ހަ ފަނޑިޔާރުންގެ އަގްލަބިއްޔަތުން ިއއްވި ހުކުމުގައިވަނީ ރައްޔިތުން މަޖލީހުގެ މްމެބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނއި އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ އިސްލާހެއްކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެ އިސްލާހު 20 ވަނަ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށްވެސް ހިނގާނެކަމަށްވެސް އުއްތަމަ ފަނޑިޔާރުން ހިމެނޭހެން ހަ ފަނޑިޔާރުންގެ އަގްލަބިއްޔަތުން އިއްވި ހުކުމުގައިވެއެވެ.
ފަނޑިޔާރު އައިޝަތު ސުޖޫންގެ ރައުޔު
ފަނޑިޔާރު އައިޝަތު ސުޖޫންގެ ރައުޔުގައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނު އަސާސީއަށް ފުށުއަރާ އިސްލާހެއްކަމުން އެ އިސްލާހަކީ ބާތިލު އިސްލާހެއްކަމަށެވެ.
ސުޖޫން ވިދާޅުވީ ގާނޫނު އަސާސީއަށް ގެންސްފައިވާ އިސްލާހަކީ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ހިމެނޭ ހައްގުތަކެއް ގާނޫނު އަސާސީގެ 262ވަނަ މާއްދާގެ ށ ގައި ބަޔާންކުރާ އިޖުރާތުގެ ބޭރުން ބަދަލުކޮށްފައިވާ އިސްލާހެއްކަމަށެވެ. އަދި އެ އިސްލާހަކީ ގާނޫނުއަސާސީގެ 75ވަނަ މާއްދާގައި ބަޔާންކުރާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރަން އޮތް ހުރަހެއް ކަމުގައިވާތީކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ސުޖޫންގެ ހުކުމުގައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;