ads
ފ. ފީއަލީގައި ކަރަންޓުގައި ޖެހުނު މީހަކު އެމްބިއުލާންސަށް އަރުވަނީ
ފީއަލީގައި ފުރާޅު ސާފުކުރަން އުޅުނު ދެބެއިން ކަރަންޓުގައި ޖެހި، ފަރުވާދެނީ
ފީއަލީގައި ގެއެއްގެ ފުރާޅު ސާފުކުރަން އުޅުނު އެއްބަނޑު އެއްބަފާ ދެބެއިން ކަރަންޓުގައި ޖެހި ފަރުވާދޭން ފަށައިފިއެވެ.
Advertisement

ކަރަންޓްގައި ޖެހިގެން ފަރުވާދެމުން އަންނަނީ  27 އަހަރުގެ ފިރިހެނަކަށާއި 23 އަހަރުގެ ފިރިހެނަކަށެވެ. 

މި ދެ ޒުވާން ދެބެއިން ކަރަންޓުގައި ޖެހުނީ އެމީހުން ދިރިއުޅޭ ގޭގެ ފުރާޅު ސާފުކުރުމަށް ފަހު ފައިބަން އުޅުމުގެ ތެރޭގައި ގޭގެ ބޭރަށް މަގަށް  ހުރި ހޮޅިދަނޑިއެއްގައި އަތްލިތަނާ ކަމަށް އެ ރަށު މީހުން ބުނެެެއެވެ.

ކަރަންޓުގައި ޖެހުމާ އެކު ދެ މީހުން ވިއްސައިގެން ގޮސް މަގުމައްޗަށް ވެއްޓުނު ކަމަށާއި އަދި ވެއްޓި ޖެހި އެކަކުގެ  ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށްވެސް އެރަށު މީހުން ބުނެެެއެވެ. 

މި ދެ ޒުވާނުން އިތިރު ފަރުވާދިނުމަށް މިހާރު ވަނީ ނިލަންދޫއަށް ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;