ads
އެމްއޭސީއެލްގެ ޑީއެމްޑީއަކަށް ހުންނެވި ލަމްއާން
އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

އެނގިފައިވާ ގޮތުގައި ލަމްއާން އިސްތިއުފާ ދެއްވީ ސަރުކާރުގެ ކުންފުންޏެއްގެ އިސް މަގާމަކަށް ވަޑައިގަތުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލަމްއާން އައްޔަންކުރަން ނިންމާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިޔުޓީ ސީއީއޯގެ މަގާމަށެވެ. 

ލަމްއާން އިސްތިއުފާ ދެއްވުމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ.

މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުންޏަށް ލަމްއާން އައްޔަންކުރެއްވީ 1 ފެބްރުއަރީ 2024 ގަ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އޭނާ ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

ފާހަގަކުރެވޭ ގޮތުގައި، އެމްއޭސީއެލަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ފައިދާވަމުން ދިޔަ މަދު ކުންފުނިތަކުގެ ތެރޭ ހިމެނޭ އެއް ކުންފުންޏެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;