ނަޝީދު މިހެން ވިދާޅުވީ އެމަނިކިފާނު އިއުލާންކުރައްވާފައިވާ "ބޮޑު ބަދަލު"ގެ ކެމްޕެއިނުގައި ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ކިނބިދޫގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރައީސްކަން ކުރައްވަން ބޭނުންފުޚު ނުވާކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ އެކަމުގެ ސަބަބުން އިސްތަށިފުޅުގައި ބަދުނާމު އެޅުން ނޫންކަމެއް ނުވާކަމަށެވެ. އަދި މިހާރު ގާނޫނު އަސާސީގައިވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ގާނޫނު އަސާސީއަށްވެސް ބަދަލުތައް ގެންނަން ޖެހޭކަމަށް ވިދާޅުވެ، ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ "ބޮޑު ބަދަލު" ގެ ނަމުގައި ކެމްޕެއިނެއް ފަށާ އެމްޑީޕީގެ ޗެއާފާސަން ކަމަށް ވާދަކުރަން ނަޝީދު ވަނީ ނިންމަވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;