ads
"ޕަތީ ޕަތުނީ އޯރް ވޯ ދޯ" ޕޯސްޓަރެއް
"ޕަތީ ޕަތުނީ އޯރް ވޯ ދޯ" ގެ ޓްރެއިލާ ދައްކާލައިފި
ނެޝަނަލް އެވޯޑްހާސިލުކޮށްފައިވާ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަޔޫޝްމަން ކްރާނާގެ އާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ ދޯ" ގެ ޓްރެއިލާ މިއަދު ޔޫޓިއުބަށް ދޫކޮށްލައިފިއެވެ.
Advertisement

މި ފިލްމު މިމަހުގެ 15 ވަނދުވަހު ސިނަމާތަކަށް އަންނައިރު މީ ޑައިރެކްޓަރު މުދައްސަރު އަޒީލް 2019 ގައި ގެނެސްދިން "ޕަތީ ޕަތުނީ އޯރް ވޯ" ގެ އިތުރު ބަޔަކެވެ. އޭރުގެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނުނީ ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭގެ އިތުރުން ބޫމީ ޕަޑްނޭކަރެވެ. އެހެންނަމަވެސް މި ފަހަރުގެ ބައިގައި އޭގެ އެއްވެސް އެކްޓަރެއް ނުހިމެނެވެ. މުޅި ފިލްމގެ ކާސްޓް ލައިންވަނީ ބަދަލުކޮށްފައެވެ. 

މި ރޮމޭންޓިކް ކޮމެޑީގައި މިފަހަރު ލީޑް ރޯލުން ފެނިގެންދަނީ އަޔުޝްމަން ކުރާނާއެވެ. އޭނާއާއި އެކު ދެން ހިމެނެނީ ރަކުލް ޕްރީތު ސިންގާއި ވަމީގާ ގައްބީގެ އިތުރުން ސާރާ އަލީ ހާންއެވެ. 

މި ފިލްމުގައި އަޔުޝްމާން ފެނިގެންދަނީ "ޕްރަޖާޕަތީ ޕާންޑޭ" ކިޔާ ފޮރެސްޓް އޮފިސަރެއްގެ ރޯލުންނެވެ. ފިލްމު ބިނާކޮށްފައިވަނީ އަޔުޝްމާން އޭނާގެ އަންހެން ރަހުމަތްތެރިއަކަށް އެހީވާން އުޅުމުގެ ތެރޭގައި ދިމާވާ ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;