މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ.
އެ ގޮތުން މޯބައިލް ހިދުމަތްތަކުން 404.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ހިދުމަތްތަކުން 302.9 މިލިއަން ރުފިޔާ ލިބުނެވެ.
މީގެ އިތުރުން އެހެނިހެން ހިދުމަތްތަކުން ފުރަތަމަ ކުއާޓަރުގައި 22.9 މިލިއަން ރުފިޔާ ދިރާގަށް ވަނީ ލިބިފަ އެވެ. ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު އެކުންފުންޏަށް ލިބުނު ސާފު ފައިދާވެސް ވަނީ ދަށްވެފަ އެވެ.
އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ދިރާގަށް 220 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 252 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު ދަށް އަދަދެއްކަމަށް އެ ކުންފުނީގެ ކުއާޓަރލީ ރިޕޯޓުން ދައްކަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;