ads
ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިންގ ލެބް އިތުރަށް ތަރައްގީކޮށް، އެ މަރުކަޒުގައި ޒަމާނީ ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކުރުން -- ފޮޓޯ/ ބީއެމްއެލް
ބޭންކް ފަންޑުން "ފޭލި" ޖަމިއްޔާއިން އެޑިއުކޭޝަން ލެބަކާއި ޑިޖިޓަލް ސްޓޫޑިއޯއެއް ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބެންކް ފަންޑްގެ އެހީގައި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) އިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިން ލެބް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމްކޮށްފި އެވެ.
Advertisement

މި ދެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ހުނަރުތަކާއި އުފެއްދުންތެރިކަން ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ތަމުރީނު ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން އަލަށް ގާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޑިޖިޓަލް ކެމެރާތަކާއެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގައެވެ. މި ސްޓޫޑިއޯ މެދުވެރިކޮށް ސްކޫލުގެ ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭ ޚާއްސަ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

your imageފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ތަރައްގީކުރި ޒަމާނީ ވޮކޭޝަނަލް ލެބްގެ ތެރެއިން...

މީގެ އިތުރުން، ފޭލި ޖަމިއްޔާއިން ވަނީ އެ ސްކޫލުގައި ކުރިން ހިންގަމުން ދިޔަ ވޮކޭޝަނަލް ޓްރެއިނިން ލެބް އިތުރަށް ތަރައްގީކޮށް، މުހިންމު ވަސީލަތްތަކެއް އިތުރުކޮށްފައެވެ. އެގޮތުން، މި ލެބްގައި ކާޕެންޓްރީ ބައެއް ހިމަނައި، ބޭނުންވާ ވަޑާން ސާމާނާއި ބެޓެރީ ޕަވާޑް އިލެކްޓްރިކް ޓޫލްތަކާއި ސަލާމަތީ އިކުއިޕްމެންޓް ވަނީ ފޯރުކޮށްދީފައެވެ. އަދި، ފެހުމުގެ ބައިގައި އާ ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ އެހެނިހެން ސާމާނު ވެސް ވަނީ ގާއިމުކޮށްފައެވެ.

ވޮކޭޝަނަލް ލެބްގެ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ ތަމުރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއީ ދަރިވަރުން އަމަލީ މައިދާނަށް ތައްޔާރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

your imageފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ތަރައްގީކުރި ޒަމާނީ ވޮކޭޝަނަލް ލެބްގެ ތެރެއިން...

ބީއެމްއެލްގެ ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރކޮށްގެން ހިންގާ ޖަމްއިއްޔާތަކަށް މުޖުތަމައުގެ ކުރިއެރުމަށް އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ އަހަރަކު ހުޅުވާލާ ގްރާންޓެކެވެ. އެ ގްރާންޓުން ހޮވޭ ފަސް ޖަމިއްޔާއަކަށް ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ. ގެ އެހީ ބޭންކުން ފޯރުކޮށްދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;