ads
ސަލްޓަން ޕާކު
ފިތުރު އީދަށް ހުޅުވި ސަލްޓަންޕާކު އަނެއްކާވެސް މަރާމާތައް ބަންދު
ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތްތަކަށް ފަހު މިދިޔަ ފިތުރު އީދަށް ހުޅުވިތާ ދެ މަސް ނުވަނީސް އެތަނުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަން އަނެއްކާވެސް ބަންދުކުރަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ. 
Advertisement

ވީރާނާ ވެގެން ހަލާކުވެފައިވާތީ ސަލްޓަން ޕާކު އަލުން ތަރައްގީ ކުރަން އެތަން ބަންދުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އޭގެފަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބޭއްވުމަށްފަހު މަރާމާތުތައް ނިންމާ ހުޅުވީ މިއަހަރުގެ ފިތުރު އީދު ދުވަހުއެވެ. 

ޕާކު ތަރައްގީކޮށް ނިންމާ ހުޅުވިތާ ދެ މަސްވެސް ނުވަނީސް އެތަން އަނެއްކާވެސް މަރާމާތައް ބަންދުކުރަން ނިންމިކަން ހައުސިން މިނިސްޓްރީން މިއަދު ވަނީ އިއުލާންކޮށްފައެވެ. 

އެ މިނިސްޓްރީން ބުނީ ސަލްޓަންޕާކު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް، މިއަދުން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. 

އެހެންކަމުން  މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި ސަލްޓަންޕާކު ސަރަހައްދު އާންމުންނަށް ވަގުތީގޮތުން ބަންދުވާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 

ސަލްޓަން ޕާކު މިހާރު އޮތްގޮތަށް ތަރައްގީ ކުރީ ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ ވެރިކަމުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;