ads
ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު، ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ތިމާވެށްޓާއި ވިޔަފާރީގެ ދާއިރާއިން ރާއްޖެ/ލަންކާ މަޝްވަރާކޮށްފި
ތިމާވެއްޓާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއާއި ލަންކާއާދެމެދު މިއަދު މަޝްވަރާކުރައްވައިފި އެވެ.
Advertisement

މި މަޝްވަރާތައް ކުރިއަށް ދިޔައީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަގެ ދަޢުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް އިއްޔެ ފެއްޓެވި ދަތުރުގެ ތެރެއިން ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތު ރައީސްގެ އެމަނިކުފާނުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި، ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވި އެވެ.

your imageލަންކާގެ ހާރިޖީ ވަޒީރު ރާއްޖޭގެ އިކޮނޮމިކް މިނިސްޓާ އާއި ސަލާމް ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ތަރައްގީގެ މުހިންމު ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހިކުރުމާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. ހާއްސަކޮށް ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ މެދުގައި ގުޅުން ބަަދަހިކުރެވޭނެ ގޮތްތަކާމެދު ވަރަށް ތަފުސީލުކޮށް މަޝްވަރާކުރައްވާފައި ވެއެވެ. 

ރައީސް އޮފީހުން ބުނީ، ރައީސް އޮފީހުގެ މި ދަތުރުފުޅުގައި ރާއްޖެ-ސްރީލަންކާ ވިޔަފާރި މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށާއި، ސްރީލަންކާގައި އުޅޭ ދިވެހީންނާ ބައްދަލުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ބުދަ ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް، ރައީސް އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;