ads
ދިރާގު ހެޑް އޮފީސް
މުހިންމު މައުލޫމާތު ހޯދުމަށް ދިރާގުގެ "ނައުއެމްވީ" އެޕް!
ދިރާގުން މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންކަމާ ގުޅޭ ކޮންޓެންޓް ހިމެނޭ ގޮތަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.

"ނައުއެމްވީ" ގެ ނަމުގައި ތައާރަފްކުރި މި އެޕް އިން ނަމާދު ވަގުތާއި ރެސިޕީތަކާއި ދިރިއުޅުމުގެ އެކި ކަންކަމާބެހޭ ހަބަރުތައް ލިބޭނެ ކަމަށާއި އެޕް މެދުވެރިކޮށް މުހިންމު ކަންކަމަށް ރިމައިންޑާ ސެޓް ކުރުން ފަދަ ކަންކަން ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. 

ދިރާގުން ބުނީ ކޮވިޑް-19ގެ ސަބަބުން ގޭގައި ތިބެންޖެހޭ މި ހާލަތުގައި މިފަދަ އެޕްލިކޭޝަނެއް މެދުވެރުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ. އެގޮތުން ގިނަ އެޕްލިކޭޝަންތަކެއް ބޭނުންކުރުމުގެ ބަދަލުގައި އެއް އެޕްލިކޭޝަނަކުން ގިނަ ކަންތައްތަކެއް ކުރުމުގެ ފުރުސަތު ދިރާގުން މި ވަނީ މިހާރު ފަހިކޮށްދީފައި ކަމަށް އެކުންފުނިން ބުނެއެވެ.

މި އެޕްލިކޭޝަން އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށާއި މި އެޕް ބޭނުން ކުރުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށް ވާކަށް ނުޖެހެނެ ކަމަށްވެސް ދިރާގުން ބުނެއެެވެ.

މީގެ އިތުރުން، މި އެޕްލިކޭޝަންގައި ރޯދަ މަހަށް ހާއްސަ ގިނަ ފީޗާތަކެއް ވެސް ހިމެނޭ ކަމަށް ފާހަގަކޮށް ދިރާގުން ބުނީ "ނައުއެމްވީ" އެޕް މެދުވެރިކޮށް ނަމާދު ވަގުތުގެ ނޮޓިފިކޭޝަން ސެޓްކޮށް، ރޯދަ ވީއްލަން ތައްޔާރުކުރާނެ އެއްޗެހީގެ ރެސިޕީ ހޯދައިލުމުގެ އިތުރަށް ރޯދަ ޓްރެކްކުރުން ފަދަ ކަންތައްތައް ކުރެވޭނެ ކަމަށެވެ.

"ނައު" އެޕް މެދުވެރިކޮށް "ދިރާގު ޕޭ" ގެ ކަސްޓަމަރުންނަށް ފަސޭހަ ކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ވެސް ދިރާގުން ވަނީ ހަމަޖައްސައިފަ އެވެ.

ނައުއެމްވީގެ ބައެއް ހާއްސަ ފީޗާތައް

  • މާލޭގެ އިތުރުން ހުރިހާ ރަށްރަށެއްގެ ނަމާދުގަޑިތައް އަންގައިދީ އަދި ކޮންމެ ނަމާދެއްގެ 5 މިނަޓު ކުރިން ނަމާދު ކުރުމަށް ރިމައިންޑަރ ސެޓް ކުރެވި ނަމާދު ކުރެވޭ މިންވަރުވެސް ޓްރެކް ކުރެވޭނެ
  • ރޯދަ ހިފޭ ވަރު ޓްރެކް ކުރުން
  • މީރު ކާއެއްޗެހީގެ ރެސިޕީތައް. މީގެ ތެރޭގައި، ދިރާގުން މީގެ ކުރިން ރޯދަ މަހާ ގުޅިގެން ގެނެސްދީފައިވާ "ދިވެހިންގެ ރަހަ" ޝޯވގެ ވީޑިއޯތައްވެސް މި އެޕްގައި ހިމެނޭނެ
  • ޑެލިވާ ކޮށްދޭ ރެސްޓޯރަންޓް ތަކުގެ މެނޫ އަދި ގުޅޭނެ ނަންބަރުތަކުގެ އިތުރުން ރެސްޓޯރެންޓް ތަކާއި ކެފޭތައް ރޭޓްކޮށް ރިވިއު ކުރެވުން
  • ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުން
  • ފިޓްނަސް ވީޑިއޯ ކްލިޕްސް އަދި ރާއްޖޭގެ މަޝްހޫރު އޮންލައިން މަޖައްލާތަކުގެ ބައެއް އާޓިކަލްތައް މިބައިގައި ހިމެނޭނެ
  • ޑޮނޭޝަން، މޫސުން އަދި ދަތުރު ފަތުރާއި އިވެންޓްސް އާ ބެހޭ މައުލޫމާތު ލިބޭ ފީޗަރތައްވެސް މި އެޕްލިކޭޝަންގައި އެކުލެވިގެންވޭ

ދިރާގުން ބުނީ ކުރިއަށް އޮތްތަނުގައި އެޕް އިތުރަށް ފުރިހަމަކޮށް ކަސްޓަމަރުން ބޭނުންވާ ފަދަ އިތުރު ފީޗާތައް ހިމެނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް