ads
ގޭމްއޮން ޕްލޭންތައް 100ރ.އިން ފެށިގެން ލިބޭނެ.
ދިރާގުން ގޭމް ކުޅުންތެރިންނަށް ހާއްސާ ޑޭޓާ އެޑްއޮންތަކެއް
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ގޭމިން ކޮމިއުނިޓީއަށް ހާއްސަ "ގޭމްއޮން" ޑޭޓާ އެޑްއޮންތަކެއް ތައާރަފުކޮށްފި އެވެ.
Advertisement

މިއީ ރާއްޖޭގެ ގޭމިން ދާއިރާ ކުރިއަރުވައި، އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑީޖީޖީއިން ކުރާ މަސައްކަތުގެ ދަށުން ތައާރަފުކުރި އެޑްއޮންތަކެއް ކަމަށް ދިރާގުން ބުންޏެވެ. އަދި މި އެޑްއޮންތަކާ އެކު ގޭމަރުން ބޭނުންވާ ހަލުވި އަދި ފެންވަރު ރަނގަޅު އިންޓަނެޓް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. 

ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ގޭމް ކުޅޭ ފަރާތްތަކުގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި އެޑްއޮންތަކުގެ ދަށުން:

  • ގޭމްއޮން ޕްލޭންތައް 100ރ.އިން ފެށިގެން ލިބޭނެ 

  • މި އެޑްއޮންތައް 1 ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ބޭނުންކުރެވޭނެ

  • މި ޕްލޭންތަކުގެ ތެރޭގައި 100ޖީބީ، 200ޖީބީ އަދި ގޭމްއޮން ލިމިޓްލެސް އެޑްއޮންތައް ހިމެނޭ

ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑީޖީޖީ ވެބްސައިޓް މެދިވެރިކޮށް ފަސޭހަކަމާ އެކު މި އެޑްއޮންތައް އެކްޓިވޭޓްކުރެވޭނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމުގެ ގޮތުގައި، ޑީޖީޖީއިން ދަނީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ގޭމް ކުޅޭ ފަރާތްތައް ބާރުވެރިކުރުވައި، މި ދާއިރާގެ މުސްތަގުބަލު ބިނާކުރުމުގައި އިސްދައުރެއް އަދާކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;