އެ މިނިސްޓްރީން ނެރުނު އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުން މިދިޔަ މަހު ދައުލަތުން އެންމެ ބޮޑު ހަރަދެއްކުރީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. އެގޮތުން މިދިޔަމަހުގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކަށް 4.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. މީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރުު މީ 10.5 އިންސައްތަ އިތުރުވުމެއްކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މުސާރައާއި، އިނާޔަތްތައް އެއްހަމަކުރުމުގެ ބޮޑު ބައެއް ނިމިފައިވާއިރު، މުސާރައާއި، އުޖޫރަ އަދި ޕެންޝަންގެ ހަރަދުތައް ހުރީ ޖުމްލަ 5.3 ބިލިއަން ރުފިޔާގައިކަމަށެވެ. އަދި މިއީ މިދިޔަ އަހަރަށްވުރެ 10.1 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ.) އިންނެވެ. މިދިޔަ މަހުގެ ޖީއެސްޓީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު މި މުއްދަތުގައި ޖީއެސްޓީގެ ގޮތުގައި ލިބުނީ 4.6 ބިލިއަން ރުފިޔާއެވެ. މިއީ 11.7 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ ޓެކްސް އާމްދަނީ މިދިޔަ މަހުގެގެ ނިޔަލަށް 12.3 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.0 އިންސައްތައިގެ އިތުރުވުމެއްކަމަށްވެސް ފިނޭންސް ގެ ހިސާބުތަކުން ދައްކައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;