ދުނިޔޭގެ ވިޔަފާރިއަށް ހާއްސަ ބްލޫމް ބާގް ނިއުސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބީއެމްއެލް އިން އެ މަސައްކަތް ފަށާފައިވަނީ މިހާރު މެދު އިރުމަތީގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ލިބެމުން އަންނަ ގެއްލުން ތަކުން އަރައިގަތުމަށް ކަމުގައި އެވެ.
ބްލޫމްބާގް އާއި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑިރެކްޓަރް ފޯ ފައިނޭޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން އަބްދުﷲ ހަސަން ވިދާޅުވީ އޭޝިއާ އާއި މެދުއިރުމައްޗާއި ޔޫރަަޕްގެ ފަންޑް މެނޭޖަރުންނާ އެކު ބީއެމްއެލް އިން ބައްދަލުވުންތައް ބާއްވަމުން އަންނަނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކަށް ޝައުގުވެރިކަން ހުރި ގޮތެއް ބެލުމަށް ކަމުގައި އެވެ.
ހަސަން އެ ނޫހާއި ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ އެމްއެލް އިން 300 މިލިއަން ޑޮލަރުގެ ސުކޫކް ވިއްކާނީ ދިވެހި ސަރުކާރުން ދޭ ގެެރެންޓީއާ އެކުގަ ކަމަށާއި އެކަަމަށް ބާއްވަން ޖެހޭ ބައްދަލުވުންތައް ބާއްވަން ބީއެމްއެލް އަށް އެހީތެރިވެދެނީ ދުބާއީގައި މަރުކަޒުކޮށްފައިވާ މަޝްރިގް ބޭންކް ޕީއެސްސީ އިން ކަމުގައި އެވެ.
ބީއެމްއެލުން ވަނީ މިދިޔަ އަހަރު ރެކޯޑު މާލީ ނަތީޖާއެއް ހާސިލް ކޮށްފަ އެވެ. އެ އަހަރު އެ ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި ހިދުމަތްތައް ފުޅާކުރުމަށް ކުރި މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާ އެކެވެ.
މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބީއެމްއެލަށް ލިބިފައި ވެ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 ޕަސެންޓުގެ ކުރިއެރުމެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތި ލާން ޖެހިފައި އެވެ.
އެއީ ދަތުރުފަތުރަށް ބުރޫ އެރުމާއި ތެލުގެ އަގުބޮޑުވުމުގެ ސަބަބުންނެވެ. ޓޫރިޒަމް އިންޑަސްޓްރީއަށް މި ގޮންޖެހުންތައް ކުރިމަތިވެފައި ވާއިރު ބީއެެމްއެލް އަކީ އެ އިންޑަސްޓްރީއަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރާ ބޭންކެކެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;