ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މިފަހަރުގެ އައިއޯޑީ ޑައިލޮގުގެ ޝިއާރަކީ 'އިންޑިއަން އޯޝަން ރީޖަން އިން އަ ޓްރާންސްފޯމިން މައިންޑް' އެވެ. ތިން ދުވަހަށް ކުރިޔަށްދާ މި ބައްދަލުވުމުގައި ރައީސް ނަޝީދު ތަގުރީރުކުރައްވާނެކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެއެވެ.
ނަޝީދު ވާހަކަފުޅު ދައްކަވާނީ ޑިޒާސްޓާ ރިސްކް މެނޭޖުމަންޓުގެ މައުލޫގައި ކަމަށާއި އެމަނިކުފާނުގެ ތަގުރީރުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ރާއްޖެއަށް އަދާކުރެވޭނެ މުހިންމު ދައުރުގެ މައްޗަށާއި ފަހިކުރެވެން އޮތް އިގުތިސާދާއި ވިޔަފާރިތަކުގެ ފުރުސަތުތަކުގެ މައްޗަށް ވާހަކަ ދައްކަވާނެކަމަށްް ނަޝީދުގެ އޮފީހުން ބުނެއެވެ.
މި ދަތުރުފުޅުގައި ރައީސް ނަޝީދު އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;