ads
ބެންކޮކަށް މޯލްޑިވިއަނުން ކުރާ ދަތުރުގެ އިސްތިހާރެއް
ސްކޫލް ބަންދުގައި މޯލްޑިވިއަނުން ބެންކޮކަށް، ދިވެހިންނަށް ހެޔޮ އަގު
ސްކޫލްތަކުގެ މެދު ޓާމްް ޗުއްޓީ ބަންދާއި ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބެންކޮކަށް ހާއްސަ ދަތުރުތަކެއް ޝެޑިއުލްކޮށްފިއެވެ.
Advertisement

މިއަހަރު ސްކޫލްތަކުގެ މެދު ޓާމް ޗުއްޓީ ލިބޭނީ 17 ޖުލައިން އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށެވެ. މިނިވަންދުވަހުގެ ބަންދުވެސް މި ފަހަރު ވަންނާނީ މި ޗުއްޓީގެ ތެރެއަށެވެ. 

މޯލްޑިވިއަނުން ބުނީ ސްކޫލްތަކުގެ މެދު ޓާމްް ޗުއްޓީ ބަންދާއި ދިމާކޮށް ހާއްސަ ދަތުރުތަކެއް ބެންކޮކަށް ކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން މި ދަތުރުތައް އޮންނާނީ 12 ޖުލައި އިން ފެށިގެން 2 އޮގަސްޓްގެ ނިޔަލަށް ކޮންމެ އާދިއްތަ ދުވަހެއްގައިކަމަށެވެ. އެހެންކަމުން އެ މުއްދަތުގައި މޯލްޑިވިއަންގެ ހަތަރު ދަތުރެއް ބެންކޮކަށް އޮންނާނެއެވެ. އެއީ ޖުލައި 12، 19 ،26 އަދި އޮގަސްޓްމަހުގެ ދެވަނަ ދުވަހުއެވެ. 

އެ އެއާލައިނުން ބުނީ މި ދަތުރުތަކުގައި މާލެއިން ބެންކޮކަށް ދާން ރާއްޖެއިން ފުރާނީ 11 ޖަހާއިރުކަމަށެވެ. އަދި ބެންކޮކުން ރާއްޖެ އަންނަން ފުރާނީ އިރުއޮއްސި 06:40 ގައިކަމަށެވެ. އަދި ކޮންްމެ ފެސިންޖަރަކަށް ބެގޭޖް އެލަވަންސްްގެ ގޮތުގައި 25 ކިލޯ ލިބޭނެކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ. 

މި ދަތުރުތަކުގެ އަގު ކަނޑައަޅާނީ ދިވެހިންނަށް އަތްފޯރާ ގޮތަކަށްކަމަށާއި ސްޕެޝަލް ފެއާތައް ތައާރަފު ކުރާނެކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. 

ބެންކޮކަކީ ޗުއްޓީއަށާއި ވިޔާފާރީގެ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހި ދަތުރުކުރަމުން އަންނަ ގައުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;