އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ބުރު މިއަދު ފަށާފައިވާކަމަށެވެ.
އެގޮތުން ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދުމަށް މިއަދު ޓާސްކްފޯސްއިން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ބަޔޯމެޓްރިކްސް ނުދީ އުޅޭ ބިދޭސީން ހޯދަން އޮޕަރޭޝަންގެ ފެށުމުގެ ތެރެއިން
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ގަވައިދަށް ފެއްތުމަށް ކުރިޔަށް ގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތެރެއިން މިހާތަނަށް 62 އިންސައްތަ ބީދޭސީން ގަވައިދަށް ވައްދާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.
އިހްސާން ވިދާޅުވީ މިހާތަނަށް ޕިންގަރ ޕްރިންޓް ނަގާ މައުލޫމާތު އެއްކުރި ބިދޭސީންގެ އަދަދު 206،000 އަފާފައިވާކަމަށެވެ. އަދި ފިންގަޕްރިންޓް ނުދީ އަދިވެސް 2،933 މީހަކު އެބަ ތިއްބިކަމަށާއި އެއީ ކޮން ބައެއްކަންވެސް ދެނެގަނެވިފައިވާކަމަށް އިހްސާން ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;