ads
ފޭސް ތިނެއް ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ އަނދަނީ
ރޯވެ އަނދަމުންދަނީ މެމްބަރު ފަލާހުގެ ސަފަރީގައި
ހުޅުމާލެ ބޭރުގައި އޮއްވާ ރޯވެ އަނދަމުންދަނީ ރައްޔިތުން މަޖިލީހުގެ އިނގިރައިދޫ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހުގެ ސަފާރީއެއްގައި ކަން އެނގިއްޖެއެވެ.
Advertisement

އެމްއެންޑީއެފުން ބުނީ ރޯވެފައި ވަނީ ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް "އެމްޕެރާ އެކްސްޕްލޯރާ" ކިޔާ ސަފާރީއެއްގައިކަމަށެވެ. އަދި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ސަފާރީއަކީ ރައްޔިތުން މަޖިލީހުގެ އިނގިރައިދޫ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހުގެ ސަފާރީއެކެވެ.

ފުލުހުން ބުނީ ހުޅުމާލެ ފަޅު ބޭރުގައި އަޅާފައި އޮތް އުޅަނދެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:55 އެހައިކަންހާއިރުއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;