އެ ސަފާރީއެއްގައި ރޯވެފައިވާ މަންޒަރުތައް ފެންނަ ފޮޓޯތައް ވަނީ އާއްމުވެފައެވެ. އެ ފޯޓޮތަކުން ފެންނަ ގޮތުން ރޯވެފައިވަނީ ސަފާރީއެއްގައި ފަހަތުގައެވެ. އަދި ރޯވެފައިވާ ދިމާލުން އަންނަނީ ބޯ ދުން އަރަމުންނެވެ.
އެމްއެންޑީއެފުން ބުނީ ރޯވެފައި ވަނީ ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް "އެމްޕެރާ އެކްސްޕްލޯރާ" ކިޔާ ސަފާރީއެއްގައިކަމަށެވެ. އަދި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާކަމަށެވެ.
މީ މިއަދު ކަނޑުމަތީގައި ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. މެންދުރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯންޏެއްގައިއެވެ. އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވާކަމަށާއި އެހެންނަމަވެސް ދޯނީގެ އިންޖީނު ރޫމަށް ވަރަށް ބޮޑަށް ގެއްލުންވެފައި ކަމަަށް އެމްއެންޑީއެފުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;