ads
ރައީސް ނަޝީދު - ފޮޓޯ: މިހާރު
އެމްޑީޕީއަށް ހާރިޖީ ސިޔާސަތަށް ފާޑުކިޔޭނެ، އެއީ ސިޔާސީ ވާދަ ވެރިންގެ މަސްއޫލިއްޔަތު
ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ދެނެގަނެ، ވާދަވެރި ޕާޓީތަކަށް ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުކިޔޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ނަޝީދު ވަނީ މޮރިޝަސްގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ސުލްހަވެރި ހައްލެއް ހޯދުމަށް މަޝްވަރާކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި، މޮރިޝަސްއިން ދިން ފުރުސަތުގެ ބޭނުން ހިފުމަށް އެ މަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. 

ނަޝީދުގެ ނަން ނުގެނެސް، އެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅުން ހާރިޖީ ގުޅުންތައް ހީނަރުވާ ގޮތަށް ދައްކަވާ ވާހަކަތަކުން އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ. 
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އެހެންވެސް ހުރިހާ ސިޔާސަތުތައް މުތާލިއާކޮށް، ދެނެގަނެ އެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ. 
"ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެ. 30 ޕަސެންޓަށް ވުރެ ތާއިދު ދަށް ކޮށް އޮތް ޑރ. މުއިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން،" މިދިޔަ މަހު އޮތް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް އިޝާރަތް ކުރައްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.


ސަރުކާރުން އިސްރާފުކުރަމުންދާ ކަމަށް ވިދާޅުވުމުގެ އިތުރަށް ނަޝީދު ވަނީ އިންޑިއާއިން ރާއްޖެ ވަޑައިގެން ދިވެހި ނޫސްވެރިންނާ އިއްޔެ ބައްދަލުކުރައްވައި، ރާއްޖެ އާއި މޮރިޝަސްގެ ގުޅުން އަލުން ބަދަހިކުރުމަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;