ads
ލަންކާގެ ގެއެއްގައި އަންހެނަކު އުއްބައްތި ބޭނުންކުރަނީ. -- ފައިލް ފޮޓޯ: އޭއެފްޕީ
ލަންކާގައި ކައްކާ ގޭހާއި ކަރަންޓުގެ އަގު މައްޗަށް!
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމާ ގުޅިގެން، ސްރީލަންކާގައި ކައްކާ ގޭހާއި ކަރަންޓުގެ އަގު މައްޗަށް ގޮސްފި އެވެ.
Advertisement

މާލީ ދަތިކަން ކުރިމަތިވެފައިވާ ލަންކާ ސަރުކާރުގެ ކަރަންޓް ކުންފުނިން ބުނީ މާދަމާއިން ފެށިގެން ކަރަންޓުގެ އަގު 18 ޕަސެންޓާ ހަމައަށް ބޮޑުކުރާނެ ކަމަށެވެ.

މަހަކު 180 ޔުނިޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކުރާ ތަންތަނުން މާދަމާ އިން ފެށިގެން އިތުރު 18 ޕަސެންޓް ދައްކަން ޖެހުނު ނަމަވެސް، އެއަށްވުރެ މަދުން ބޭނުންކުރާ ތަންތަނުގެ ބިލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވަނީ ބުނެފަ އެވެ. 

ހަނގުރާމައާ ގުޅިގެން ލަންކާގައި ގޭހުގެ އަގު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފައި އެވެ. ކެއްކުމަށް ބޭނުންކުރާ އެލްޕީޖީ ސަޕްލައިކުރާ މައި ސަރުކާރު ކުންފުނި ލިޓްރޯ ގޭސް އިން ވަނީ 12.5 ކިލޯގެ ގޭސް ފުޅީގެ އަގު ހަނގުރާމައިގެ ކުރިން، ޖެނުއަރީ މަހު ހުރި 3690 ރުޕީސް އިން، މެއި މަހު 4765 ރުޕީސް އަށް މަތިކޮށްފަ އެވެ. މިއީ ކުރީގެ އަގާ އަޅާކިޔާއިރު، %27 އިތުރުވުމެކެވެ.

your imageލަންކާގައި ކައްކާ ގޭސް އަގު ވެސް އަންނަނީ އުފުލެމުން: އެ ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ގޯސް. -- ފޮޓޯ:އޭއެފްޕީ

މީގެ ހަތަރު އަހަރު ކުރިންވެސް ލަންކާގައި ގޭހުގެ އަގު ބޮޑުކުރި އެވެ. އެފަހަރު ބޮޑުކޮށްފައި ވަނީ ރުޕީސްގެ އަގު ބޮޑުތަނުން ދަށްވުމާއި ގުޅިގެން އެކުންފުންޏަށް ވެސް ގޭސް ލިބޭ އަގު މަތިވުމާއި ގުޅިގެންނެވެ.

އާންމު ހާލަތުގައި އޮންނައިރު، މުޅި ދުނިޔެއަށް ސަޕްލައިކުރާ ސާފުނުކުރާ ތެލާއި ގޭހުގެ 20 ޕަސެންޓް އުފުލުމަށް ބޭނުންކުރާ ހޮރްމޫޒް ކަނޑުއޮޅި، މިހާރު ވަނީ އީރާނުން ބަންދުކޮށްފަ އެވެ. މިއީ މިފަހުން އެމެރިކާ-އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިގެން ދިއުމުގެ ނަތީޖާއެކެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލެމުން އަންނައިރު، އަގު ތިރިކުރުމަށް، އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ)އިން ވަނީ ރެކޯޑް އަދަދެއް ކަމަށްވާ، 400 މިލިއަން ފީފާގެ ތެޔޮ ބާޒާރަަށް ނެރޭނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، އޭގެ ފަހުން ވެސް ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އުފުލިފައެވެ.

your imageސްރީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ކަމަށްވާ "ކެންވިލް" އިން ހަދަން ފަށާފައިވާ ހޮޓެލް އިމާރާތް. -- ފޮޓޯ: ސިލޯން އިންޑިޕެންޑެންޓް


ސްްރީ ލަންކާއަކީ ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ގައުމެކެވެ. އަދި ކަރަންޓު އުފެއްދުމަށް ބޭނުންވާ ކޯލް ވެސް އެ ގައުމުން ގަންނަނީ ބޭރުންނެވެ. ސްްރީ ލަންކާއަށް ބޭނުންވާ ތެޔޮ ގަންނަނީ އިންޑިއާ، ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާއިންނެވެ. ނަމަވެސް އެ ގައުމުގައި ހުންނަ، އީރާނުގެ އެހީގައި ބިނާކޮށްފައިވާ ރިފައިނަރީއަށް ބޭނުންވާ ސާފުނުކުރާ ތެޔޮ ގެންނަނީ މެދުއިރުމަތިންނެވެ.

މީގެ އިތުރުން މިދިޔަ އަހަރު ލަންކާއަށް އެރި ތޫފާނެއްގައި މަދުވެގެން 643 މީހުން މަރުވެ، 22 މިލިއަންގެ އާބާދީގެ 10 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް އޭގެ ނޭދެވޭ އަސަރު ކޮށްފައި ވާއިރު ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި އެ ތޫފާނުގެ ސަބަބުން އިމާރާތްތަކަށާއި ދަނޑުވެރިކަމަށް ސީދާ ގޮތުން 4.1 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެ އެވެ.

މި ހާލަތުގައި ގައުމު އޮއްވާ، މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ، 2022 ވަނަ އަހަރު ދިމާވި އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ކުރާ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;