މިއީ ރާއްޖޭގެ ދެކުނުގެ އިގުތިޞާދީ ކުރިއެރުމަށާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމަށް އެޅޭ ތާރީހީ ފިޔަވަޅަކަށް ވެގެންދާނެ ފޯރަމެކެވެ.
މި މެއި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމަކީ ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސިނާޢީ ދާއިރާތަކުގެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އައްޑޫ އާއި ދެކުނުގެ ސަރަޙައްދުގެ މުސްތަގުބަލާ މެދު މަޝްވަރާކުރާނެ މުހިންމު މަންސައެކެވެ.
އައްޑޫ ސިޓީއަކީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސް އަދި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ބޮޑު ކުރިއެރުމެއް ހޯދިދާނެ ސަރަޙައްދަކަށް ވާއިރު، މި ފޯރަމްގައި ސަރުކާރުގެ ގިނަ ވުޒާރާތަކަކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ އާއި ކަމާ ގުޅުންހުރި މުހިންމު މުވައްސަސާތައް ހިމެނެ އެވެ.
އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް 2027 އިން 2029 އަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމަވާފައިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވައި، ދެކުނުގެ އިގުތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
މި ފޯރަމްގައި ބައިވެރިވުމަށް އައްޑޫގެ ގިނަ ވިޔަފާރިތަކަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، މިއީ ސަރުކާރާ ސީދާ ވާހަކަދެކެވި، އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަތުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް އެ ފަރާތްތަކުން ދެކެއެވެ.
މި ފޯރަމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވައި، ދެކުނުގެ އިގުތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އިގުތިސާދީ ކުރިއެރުމަށް އަމާޒުކޮށްގެން ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފެށުމެވެ.
އައްޑޫގެ ގިނަ ވިޔަފާރިވެރިން މިހާރުވެސް މި ފޯރަމަށް ޝައުގުވެރިކަން ފާޅުކުރަމުންދާއިރު، މިއީ ސަރުކާރާ ސީދާ މަޝްވަރާކޮށް އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަތުމަށް ލިބޭނެ އަގުހުރި މަންސައެއް ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;