ads
ދެކުނު އިންޑިއާގެ ސިނަމާގެ އެކްޓަރު، ތަލަޕަތީ ވިޖޭ.
ފިލްމީ ތަރި އަދި ސިޔާސީ ލީޑަރު ތަލަޕަތީ ވިޖޭ ޗީފް މިނިސްޓަރުކަމުގެ ހުވާކޮށްފި
ދެކުނު އިންޑިއާގެ ފިލްމީ ތަރި ތަލަޕަތީ ވިޖޭގެ ޕާޓީ ތަމިލާގާ ވެޓްރީ ކަޒާގަމް (ޓީވީކޭ) ޓެމިލް ނާޑޫ މަޖިލިސް އިންތިހާބު ކާމިޔާބުކޮށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުކަމުގެ ހުވާ މިއަދު ކޮށްފި އެވެ.
Advertisement

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ވިޖޭ ޓަމިލް ނާޑޫ ސްޓޭޓްގެ ސަރުކާރާ ހަވާލުވިއިރު، އޭނާގެ ވަދާއީ ފިލްމުގެ ގޮތުގައި ގެނެސްދޭން ހަމަޖެހިފައިވާ ޕޮލިޓިކަލް އެކްޝަން ތުރިލާ "ޖާނާ ނަޔަގަން" ބެލުންތެރިންނަށް ގެނެސްދެވޭނެ ތާރީހެއް އަދިވެސް ކަށަވަރެއް ނުވެ އެވެ.

ސިޔާސީ ގޮތުން ދިމާވި ގިނަ ގޮންޖެހުންތަކާ އެކު ވެސް މިއަދު ވިޖޭ އެވަނީ ޓެމިލް ނާޑޫގެ އެންމެ މަތީ ސިޔާސީ މަޤާމާ ހަވާލުވެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށްހުރިކަން ސާބިތުކޮށްދީފަ އެވެ.

އޭނަ ހުވާކުރަން ހެނދުނު ބޭއްވި ރަސްމިއްޔާތު އޮތީ ޗެންނާއީގެ ޖަވާހަރުލާލު ނެހްރޫ ސްޓޭޑިއަމްގައި އެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ކުލަގަދަ ރަސްމިއްޔާތުގައި ވިޖޭ އަށް ޗީފް މިނިސްޓަރުކަމުގެ ހުވާލައި ދެއްވީ ޓަމިލް ނާޑޫ ސްޓޭޓްގެ ގަވަރުނަރު ރަޖެންދުރަ ވިޝްވަނާތެވެ.

ވިޖޭއާ އެކު އޭނަގެ ސަރުކާރުގެ 9 މިނިސްޓަރަކު ވެސް ވަނީ މަގާމުގެ ހުވާކޮށްފަ އެވެ.

މީގެ ދެ އަހަރު ކުރިން އުފެއްދި ޓީވީކޭއިން ވަނީ މިދިޔަ މަހު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި 234 ގޮނޑީގެ ތެރެއިން 108 ގޮނޑި ކާމިޔާބުކޮށް، ސިޔާސީ މައިދާނުގައި ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.

ނަމަވެސް، ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ އަގުލަބިއްޔަތު (118 ގޮނޑި) ހަމަނުވުމުން، ވިޖޭ ވަނީ އެކި ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

your imageވިޖޭ ހުވާކުރުމުގެ ރަސްމިއްޔާތުގައި އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީއާ އެކު-- ފޮޓޯ/އިންޑިއާޓުޑޭ

ވިޖޭ ހުވާކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވެސް ބައިވެރިވެވަޑައިގަތެވެ. ކޮންގްރެސް އަކީ ވިޖޭގެ ސަރުކާރުގައި ކޯލިޝަން ބައިވެރިއެެއްގެ ގޮތުގައި ގުޅެން ޝައުގުވެރިކަން ފާޅުކޮށްފައިވާ ޕާޓީއެކެވެ.

ދެކުނު އިންޑިއާގެ ސިނަމާގެ އެންމެ ކާމިޔާބު އެކްޓަރުން ކެރިއަރުގެ ވަކި ހިސާބަކުން ސިޔާސީ ދާއިރާއަށް ނުކުތުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް، ސިޔާސީ ދާއިރާގައި ހަރުލަނީ އޭގެ ތެރެއިން ވަރަށް މަދު މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;