ads
ސަފަރު ހަދީޖާ: ކަޅުކުރު ވަގަށް ނެގި ހާރު އަތުލަން ރަށަށް!
މި އަހަރުގެ ކުޑަ ކުދިންގެ ދުވަހުގެ ހަދިޔާ އަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭ އައި) މެދުވެރިކޮށް ތައްޔާރު ކުރި ސަފަރު ކަތްދަ ލަވަ ޔޫޓިއުބަށް ނެރެފި އެވެ.
Advertisement

މި ލަވަ އަކީ އޭ އައިން ލަވަ ހަދަމުން އަންނަ މުހައްމަދު އާޒިމް (ޒިމް) މި އަހަރުގެ ކުޑަ ކުދިންގެ ދުވަހަށް ތައްޔާރު ކުރި މޮޅު ލަވަ އެކެވެ. 

ދިވެހިންގެ ތެރޭގައި މަޝްހޫރު ތޯތޯ ވާހަކަ، ސަފަރު ކަތްދަ ވާހަކަ އިން އިންސްޕަޔާ ވެގެން ހެދި މި ލަވަ އަކީ އޭނާގެ ތިން ވަނަ އޭއައި ވީޑިއޯ ލަވަ އެވެ. މި ލަވައިގެ ލިރިކްސް އޭނާ އަމިއްލަ އަށް ތައްޔާރު ކޮށްފައިވާއިރު އޭއައިން އުފައްފާފައިވާ މަންޒަރުތަަކަށް ކުޑަ ކުދިންގެ ޝައުގުވެރިކަން ދަމައިގަންނާނެ ކަން ކަށަވަރެވެ. 

މި ލަވަ ޔޫޓިއުބަށް މޭ 10 ވަނަ ދުވަހު ދޫކޮށްލާފައިވާއިރު ބެލެވޭ ގޮތުގައި އާޒިމްގެ މި މަސައްކަތް ވާނީ ބެލުންތެރިން ބަލައިގަންނާނެ މަސައްކަތަކަށެވެ.

"އުންމީދަކީ ކުރީ ދެ ލަވަ ގޮތަށް ވެސް މި ފަހަރުގެ މި ލަވަ ވެސް ބެލުންތެރިންނަށް ކަމުދިޔުން. މިއީ ވަރަށް ބޭނުން ވެފަ ހުރި ވާހަކަ އެއް އޭއައި ލަވަ އެއްގެ ގޮތުގައި ހަދަން" އާޒިމް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ކުރިޔަށް ތަނުގައި ވެސް މި ކަހަލަ ތަފާތު މަސައްކަތްތަކެއް ދިވެހިންގެ ތެރެއަށް ގެނެސްދޭން ބޭނުންވާ ކަމަށެވެ. 

އާޒިމްގެ ފުރަތަމަ އޭއައި ވީޑިއޯ ލަވަ އަކީ މިދިޔަ އަހަރު ނެރުނު "މާލި މާލި ނުކުންނާނޭ" އެވެ. އޭގެ ފަހުން އޭނާ ވަނީ ހަމަ ނިމިދިޔަ އަހަރު "ނީލަމް" ކިޔާ އޭއައި ވީޑިއޯ ލަވައެއް ނެރެފަ އެވެ.

އާޒިމްގެ "މާލި މާލި ނުކުންނާނޭ" އަށް ނުވަ މަސް ތެރޭ ހަތް ލައްކަ އާ ގާތްކުރާ އަދަދަކަށް ވިއުސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;