ads
އައިޖީއެމްއެޗް
ޑެންގީއާއެކު އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާ ދަނީ ފެތުރެމުން
ޑެންގީއާއެކު އިންފުލުއެންޒާ އަދި އަރިދަފުސް ރޯގާވެސް ފެތުރެމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.
Advertisement

އެ އިދާރާއިން މިއަދު ނެރުނު ހިސާބުތައް ދައްކާގޮތުން އޭލްރިލްމަހު 643 މީހަކަށް ވަނީ ޑެންގީ ޖެހިގެން ފަރުވާ ހޯދާފައެވެ. މިދިޔަ މާރިޗު އެ އަދަދު ހުރީ 601 ގައެވެ. އިންފުލުއެންޒާއަށް މިދިޔަ މަހު 62 މީހުން ޕޮޒިޓިވެފައިވާއިރު  މިއަހަރުގެ މިހާތަނާށް 171 މީހަކު ވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. 

އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 24221 މީހުން ވަނީ އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ. މާރިޗުމަހު މި އަދަދު ހުރީ 20761 ގައެވެ. 

އެޗްޕީއޭއިން ބުނީ މި އަހަރު ޑެންގީ ހުން ފެތުރޭ މިންވަރު މާލެއަށްް ވުރެ އަތޮޅު ތެެރޭގައި އިތުރުކަމަށެވެ. އަދި އެކަމުން ދޭހަވަނީ ރަށްރަށުގައި ޑެންގީ ހުން ހަލުވިކަމާއި އެކު ފެތުރެމުންދާކަން އެޗްޕީއޭއިން ބުނެއެވެ. 

ޑެންގީ ހުން ޖެހިގެން މިއަހަރުގެ މިހާތަނަށް ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ 17 އަހަރުގެ އަންްހެން ކުއްްޖަކާއި 23 އަހަރުގެ ޒުވާން ފިރިހެން ކުއްޖެކެވެ. މި ދެ މީހުންނަށްވެސް ޑެންޖީ ޖެހިފައިވަނީ އެ މީހުންގެ ރަށުގައި ދިރިއުޅެމުން ދަނިކޮށެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;