ads
އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން
ރައީސް މުއިއްޒާއި ސުވާލުކުރި ޝަހްޒާންވެސް ކޯޓަށް ހާޒިރުވާން އަމުރު ނެރެފި
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލާގައި ކްރިމިނަލްކޯޓުން ނެރެފައިވާ އަމުރާ ހިލާފުވިކަމަށް ބުނެ އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކޯޓަށް މާދަމާ ހާޒިރުވުމަށް މ އަންގައިފި އެވެ.
Advertisement

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުގައި ޝަހުޒާން ވަނީ،  ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ރޭގަނޑުގެ ދަން ވަގުތުތަކާއި ފަތިހު ރައީސް މުއިއްޒު ގުޅުއްވާފައިވާކަން ފެންނަ ކޯލް ލޮގުތަކުގެ އެބަހުރިކަމަށް ބުނެ ރައީސް މުއިއްޒާ ސުވާލުކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ނުދެއްވާ ރައީސް މުއިއްޒު ވަނީ ޝަހުޒާން ކޯޓު އަމުރާ ހިލާފުވިކަމަށް ބުނެ ރައީސް އޮފީހުން ނުކުންނަން އެންގެވިއެވެ.  

މިރޭ ކޯޓުން ޝަހްޒާންގެ މައްޗަށް ނެރުނު އަމުރުގައި ބުނެފައިވަނީ ޝަރީއަތުގައި ހިގަމުންދާ މައްސަލައެއްގައި ވަކިގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު' ނެރެފައިވަނިކޮށް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއްކަމަށް ބެލެވޭކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަން ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ. 

އެހެންކަމުން ކޯޓުގެ ހުރުމަތް ކަނޑާފައިވާކަން ބެލުމަށްޓަކައި މާދަމާ 13:00 ޖަހާއިރަށް ކޯޓަށް ހާޒިރުވާން ޝަހުޒާންއަށް އަންގާކަމަށް ކްތިމިނަލްކޯޓުން މިރޭ ނެރުނު އަމުރުގައިވެއެވެ.

އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީ މައްސަލާގައި ކްރިމިނަލްކޯޓުން އިއްޔެ ވަނީ އެންމެންގެ މައްޗަށް އަމުރެއް ނެރެފައެވެ. އެ އަމުރުގައި ވަނީ މިމައްސަލާގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދައުވާ ކުރެވިގައިވާ ހާދިސާއާ ގުޅޭ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލާ ސިއްރުކޮށްގެން ގެންދާތީ މައްސަލަގައި ހުށައާޅާގައިވާ ލިޔުންތަކާއި ޝަރީއަތުގެ ވާހަކަތައްވެސް ނުފެތުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 

އަމުރުގައި ނުކުރަން އަންގާފައިވާކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމަށް ބެލިދާނެކަމަށްވެސް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުނީ ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދުމާ ގުޅިގެންނެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;