ads
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތައް އަދަދު ނޫހަށް މަނާކޮށްފި
"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް އެ ނޫހުގެ ނޫސްވެރިން ވަނުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
Advertisement

"އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓްރީއަކާއި ގުޅިގެން އޭގެ އެއްވެސް ވާހަކައެއް ދެއްކުން ކްރިމިނަލް ކޯޓުން މަނާކޮށްފައިވަނިކޮށް އަދަދު ނޫސްވެރިއަކު މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސުވާލުކޮށްފަ އެވެ. އެއާއިއެކު ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމާ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ ރައީސް އޮފީހުން ބޭރުކޮށްފަ އެވެ. 

އަދި ޝަހްޒާން މިއަދުގެ ޕްރެސްގައި ސުވާލުކުރުމުން، ކޯޓުގެ ހުރުމަތް ކެނޑުމުގެ ތުހުމަތުގައި އޭނާ ވަނީ މާދަމާ ކޯޓަށް ހާޒިރުވާން އަންގައިފަ އެވެ.  

ރައީސް އޮފީހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ  އަދަދު ނޫހުގެ ސޯޝަލް މީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަނުން ވެސް ބަލަމުންދާކަމަށް މައުލޫމާތު ދީފައިވާތީ އާއި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކޯޓުގެ އަމުރާ ހިލާފުވެފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

"ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ އިތުރުން ރައީސްގެ އޮފީހަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް މިއަދުން ފެށިގެން ނުވައްދަން ވަނީ ނިންމާފަ" ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެެސެޖުގައިވެ އެވެ. 

މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;