މީރާއިން ބުނީ މީ މިއަހަރުގެ އޭޕްރިލްމަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 16.6 އިންސައްތަ އިތުރު އަދަދެއްކަމަށެވެ. އެހެންނަމަވެސް މީ މިދިޔަ އައަހަރުގެ އޭޕްރިލްމަހު ލިބުނު އާމްދަނީއަށްވުރެ 0.3 އިންސައްތަ ދަށް އަދަދެއް ކަމަށްވެސް މީރާއިން ބުނެއެވެ.
މީރާއިން ބުނީ މިދިޔަ އަހަރުގެ އޭޕްްރިލްގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިދިޔަ އޭޕްރިލްގައި ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދައިރާގެ ޖީއެސްޓީގެ އާމްދަނީއާއި ގްރީން ޓެކުހުގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީ އިން ލިބިފައިވާ އާމްދަނީ ދަށްވުންކަމަށެވެ.
އަދި 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 19.8 އިންސައްތަ ދަށްވުމާ ގުޅިގެން، ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީވެސް ދަށްވެފައިވާކަމަށް މިރާއިން ބުނެއެވެ.
މިދިޔަ މަހު ލިބުނު އާމްދަނީ
މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 121 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށްވެސް މީރާއިން ބުނެއެވެ.
މީގެއިތުރުން މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ ޖުމްލަ 543 ބިލިއަން ރުފިޔާ ހޯދައިފައިވާކަމަށް މީރާއިން ބުނެއެވެ. އަދި ނޯޓިސް ފޮނުވައިގެން 372 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 96 މިލިއަން ރުފިޔާ މިދިޔަ މަހު ހޯދިފައިވާކަމަށްވެސް މީރާއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;