ads
އިރާނުން އުފައްދާ ތެލުގެ 90 ޕަސެންޓު އެކްސްޕޯޓުކުރާ ޓާމިނަލް ހުންނަ ރަށް ކަމަށްވާ ހާގް
ޔޫއޭއީގެ އިތުރުން ސައުދީ އަރަބިއްޔާ އިން ވެސް އީރާނަށް ހަމަލާ ދިން: ރިޕޯޓް
އެމެރިކާ އާއި އިޒްރޭލާ ގުޅިގެން ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ސިއްރިއްޔާތުގައި އީރާނަށް އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.
Advertisement

މިއީ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަމަނުޖެހުންތަކުގެ ތެރެއިން، ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.

މިކަމުގެ މައުލޫމާތު ހުރި މީހުން އެ ނޫހަށް ކިޔައިދީފައިވާ ގޮތުގައި، އޭޕްރީލް މަހުގެ ކުރީކޮޅު ޔޫއޭއީގެ އަސްކަރިއްޔާއިން ވަނީ ގަލްފުގައި އޮންނަ އީރާނުގެ ލަވަން އައިލެންޑްގައި ހުރި ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ހަމަލާދީފަ އެވެ.

އަދި ސައުދީއަށް އަމާޒުކޮށް އީރާނުން ދިން މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، މިދިޔަ މާޗު މަހުގެ ފަހުކޮޅު ސައުދީ އަރަބިއްޔާއިން ވެސް އެމެރިކާ އާއި އިޒްރޭލާގެ އެހީގައި އީރާނަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް، ހުޅަނގުގެ އަދި އީރާނުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ވަނީ ރިޕޯޓް ކޮށްފަ އެވެ.

ސައުދީ އަރަބިއްޔާ އަދި ޔޫއޭއީން މި އޮޕަރޭޝަނާ ގުޅޭގޮތުން ފާޅުގައި އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ. ނަވެސް އެމެރިކާއިން ވަނީ ސައުދީ އަރަބިއްޔާ އަދި ޔޫއޭއީން އީރާނަށް ދިން ހަމަލާއަށް ނުސީދާކޮށް ތާއީދުކޮށްފަ އެވެ. ޔޫއޭއީން މަސައްކަތް ކުރަމުންދަނީ އެމެރިކާ އާއި އިޒްރޭލުގެ އަސްކަރީ މަގްސަދުތަކާ އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.

އަދި އީރާނުގެ ހަމަލާތަކުން އެކުވެރި ޔޫއޭއީ ދިފާއުކޮށްދިނުމަށް އެމެރިކާއިން އެ ގައުމަށް ހަތިޔާރާއި ސިފައިން ފޮނުވާފައިވާ ކަމަށް ވެސް އެމެރިކާގެ ސަރުކާރާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ.  

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު އަވަހާރަކޮށްލުމާ އެކު ފެށުނު ހަނގުރާމަ ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފަ އެވެ. ހަނގުރާމަ ފެށުމާ ގުޅިގެން އީރާނުން ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ވަރުގަދަ ހަމަލާތައް ދީފަ އެވެ. އެ ގޮތުން ގަލްފުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ސައުދީ އަރަބިއްޔާ އަދި ޔޫއޭއީއަށެވެ.

މި ވަގުތު ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ތެލުގެ އަގު އުފުލި، ދުނިޔޭގެ އިގްތިސާދީ ހަމަޖެހުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ދެ ފަރާތުން ވެސް ދޫދިނުމަށް ދެކޮޅު ހަދަމުންދާއިރު، އަލުން ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންދެ އެވެ. ނަމަވެސް، އެއްވެސް ފަރާތަކުން ފުރިހަމަ ހަނގުރާމައަކަށް އެނބުރި ދާން ބޭނުންވާ ކަމަކަށް ނުފެނެ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ ޝަރުތަކަށް އީރާނުން އެދިފައިވަނީ އެމެރިކާއިން އެ ގައުމުގެ ބަނދަރުތަކަށް ދީފައިވާ ނޭވަލް ބްލޮކޭޑް ނުވަތަ ކަނޑުގެ މަގުން ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށާއި، ބޭރުގެ ބޭންކުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމަށެވެ. ނަމަވެސް އިޒްރޭލު އަދި އެމެރިކާ އިން ބުނަމުންދަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ނައްތާނުލެވެނީސް މި ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;