މާލޭ ގެއެއްގައި ރޯވެ 20 މީހުންނާއި 3 ކުދިން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި އެވެ.

Advertisement
ހ.އުނިހިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގީ މިއަދު ހަވީރު 04:30 ކަން ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތީރިޓީ (އެންޑީއެމްއޭ ) އިން ބުނެ އެވެ.
މި ހާދިސާގައި އެ ޢިމާރާތުގެ 3، 4، 5 އަދި 6 ވަނަ ފަންގިފިލާއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. އަދި އެތަނުގައި ދިރިއުޅޭ 20 މީހުންނާއި 3 ކުޑަކުދިންނަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެ އޮތޯރިޓީން ވަނީ ހަމަޖައްސައިދީފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެ އެވެ.
މީގެއިތުރުން، އެންމެ ބޮޑަށް ގެއްލުންވި 4 ވަނަ ފަންގިފިލާގައި ދިރިއުޅޭ 7 ފަރާތަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދީފައިކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.