ads
ހަސަން އަތީގު
ހާޓް އެޓޭކެއް ޖެހުނު "ބާބަ" އިތުރު ފަރުވާއަށް އާންމުންގެ އެހީއަށް އެދިއްޖެ!
މަޝްހޫރު "ބާބަ" ގާޑިޔާގެ ވެރިޔާ ހަސަން އަތީގު ހާޓް އެޓޭކެއް ޖެހުމަށްފަހު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އާންމުންގެ މާލީ އެހީތެރިކަމަށް އެދިއްޖެ އެވެ.
Advertisement

ފުވައްމުލަކަށް އުފަން އަތީގު ނުވަތަ ބާބާއަށް ހާޓްއެޓޭކެއް ޖެހުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ ރަށުގައި ހުއްޓަ އެވެ. ފުރަތަމަ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް ޖެހިގެން އައި ދުވަހު އިތުރު ފަރުވާއަށް މާލެ ގެނަ އެވެ. އަދި އައިޖީއެމްއެޗުގައި ފަރުވާދޭނެ ފެށި އެވެ.

"ބާބާ ގާޑިޔާ"ގެ އަމިއްލަ ނަމުގައި އިއްޔެ ކުރި ފުރަތަމަ ޕޯސްޓުގައި އަތީގު ވަނީ މިހާރު އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އާންމުންގެ އެހީއަށް އެދިފަ އެވެ.

އަތީގު ބުނީ މާލެ ގެނައި ފަހުން މިހާތަނަށް ހިތުގެ ދެ އެންޖިއޯގްރާމް ހަދާފައިވާ ކަމަށެވެ.

"އެކަމަކު އެއްވެސް ޑޮކްޓަރަކަށް އަސްލު ދިމާވެގެން އުޅޭ މައްސަލައެއް ބުނެއެއް ނުދެވޭ. އެންޖިއޯގްރާމަށް ފަހު މެޔަށާއި ކަރުގެ ދެފަރާތުން ނާރު ދުޅަވެ ރިއްސާތީ ރޭގަނޑު ހަމަނިދި އަޅުގަނޑަށް ނުލިބޭ،" މިހާރު ވެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮތް އަތީގް ލިޔެފައިވެ އެވެ.

ރާއްޖެއިން ބޭރަށްދާން އަތީގަށް އާސަންދަ ވެސް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ބަލި ހާލަތާ ގުޅިގެން އޭނާގެ ވިޔަފާރި ހުއްޓި އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެފައިވާތީ، ހުރުމާއި ކެއުމުގެ ހަރަދު ހަމަޖެއްސޭނެ ތަނަވަސްކަމެއް ނެތް ކަމަށް އޭނާ ކިޔައިދިނެވެ.

އަތީގަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ އޭނާގެ އެކައުންޓް ނަމްބަރުތަކަށް ފައިސާ ފޮނުވޭނެ އެވެ.

ހަސަން އަތީގް

ބީއެމްއެލް: 7703234441101

އެމްއައިބީ: 90603100669081001

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް