ads
ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޝާމިން ހަބީބު
ޕީއެންސީއަށް ސޮއިކުރި މިނިވަން މެމްބަރުންގެ ގޮނޑީގެ މައްސަލަ ކޯޓަށް
މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެމްބަރުންގެ ތެރެއިން ޕީއެންސީއަށް ސޮއިކުރި މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމު ކޯޓަށް ހުށައަޅަން ނިންމައިފިއެވެ.
Advertisement

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅަން ނިންމީ ކުރީގެ މަޖިލިސް މެމްބަރު އަލީ ހުސެންއެވެ. އެގޮތުން ޖުމްލަ އަށް މެމްބަރެއްގެ މައްސަލަ ކޯޓަށް ހުށައަޅަން ވަނީ ނިންމާފައެވެ. 

އަމިއްލަ ގޮތުން މަޖިލީހަށް ވާދަކޮށް ހޮވުމުން ޕީއެންސީއަށް ބަދަލުވި މެމްބަރުން 

  • ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް
  • ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަލްސަން އަހުމަދު
  • ތިމަރަފުށި ދާއިރާގެ މެމްްބަރު އަބްދުﷲ ރިޔާޒް
  • ކުރެންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާމިން ހަބީބް
  • ނައިފަރު ދާއިރާގެ މެމްބަރު ޔާސީން އަބްދުﷲ
  • ވިލިނގިލި ދާއިރާގެ މެމްބަރު އާޒިމް އަބްދުއްއަޒީޒު
  • މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު
  • ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު

އެ މެމްބަރުންގެ މައްސަލަ ކޯޓަށް ހުށައަޅަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ސައްހަ ނިންމުމެއްކަމަށް ސުޕްރީމްކޯޓުން ހުކުމްކުރުމުންނެވެ. 

އެ މައްސަލާގައި މިހާރުގެ މަޖިލިސް މެމްބަރުންނަށް އެ އިސްލާހު ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން އެދުނެވެ. އެހެންނަމަވެސް  ސުޕްރީް ކޯޓުން ނިންމީ އެ އިސްލާހު މިހާރުގެ މެމްބަރުންނަށްވެސް ހިނގާނެކަަމަށެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;