ads
ހުކުރު ހުތުބާ ކިޔަނީ
ހައްްޖުމަހުގެ ފުރަތަމަ 10 ދުވަސް، ޖިހާދުކުރުމަށް ވުރެވެސް މާތް ދުވަސްތަކެއް
ހައްްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެވެސް ހެޔޮކަމާއި މާތްކަން ބޮޑުދުވަސްތަކެއްކަމަށާއި އެ ދުވަސްތަކުގައި ހެޔޮ އަމުލުތައް ގިނަ ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
Advertisement

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ހައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމުގެ މައްޗަށެވެ. 

މާތް ﷲގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައްކަމަށާއި އެއީ ރަޖަބު މަހާއި، ޒުލްޤައިދާ މަހާއި، ޒުލްހިއްޖާ މަހާއި އަދި މުހައްރަމު މަސްކަން ހުތުބާގައިވަނީ ފާހަގަކޮށްފައެވެ.އޭގެ ތެރެއިން ވެސް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ހައްޖު މަސްކަމަށާއި އެ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތައްކަމަށް ހުތުބާގައި ވެއެވެ. އެގޮތުން ޖިހާދުކުރުމަށްވުރެވެސް އެ ދިހަ ދުވަސް މާތްކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. 

"މި ދިހަ ދުވަހަށްވުރެ، ﷲ ގެ ހަޒްރަތުގައި ސާލިހު އަމަލު ކުރުމަށް ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ." އަސްހާބުބޭކަލުން ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް ބޮޑަށްތޯއެވެ؟ އިތުރު އެކަލޭގެފާނު ހަދީސްކުރެއްވި އެވެ. "މާތް ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މެއެވެ. ޖިހާދުކުރުމަށް ޓަކައި އޭނާގެ ނަފުސާއި މުދާ ހިފައިގެން ނުކުމެ، އެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނައި މީހާ ފިޔަވައެވެ." ހުތުބާގައި ވެއެވެ.

މިދުވަސްތަކުހެ ހެޔޮކަން ހޯދުމަށް އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިހްލާސްތެރި ތައުބާއަކުން ތައުބާވެ މި ދުވަސްތައް ފަށަން ހުތުބާގައިވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި މި ދުވަސްތަކުގައި ކުރެވޭން އޮތް އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭކަން ފާހަގަކުރަމުން ހާއްސަކޮށް ހައްޖު މަހުގެ ނުވަވަނަ ދުވަހުގެ ރޯދައިގެ ދަރުމައާއި ޘަވާބު މަތިވެރިވެގެންވާކަން ހުތުބާގައިވަނީ ވިދާޅުވެފަ އެވެ. 

" ރަސޫލާގެ ހަދީސް ބަސްޅުގައި ވަނީ އެ ދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފަތައް ފުއްސަވާނޭ ރޯދައެއް ކަމުގައި.

މި މަތިވެރި ދުވަސްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި، ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމާއި، ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވުމާއި، ކީރީތި ޤުރްއާން ކިޔެވުމާއި، ޤުރްއާނާ މެދު ވިސްނައި ފިކުރުކުރުމާއި، ގިނަގިނައިން މާތް ﷲގެ ގަޒްރަތުގައި ދުއާދެންނެވުމާއި، ރޭ އަޅުކަންކުރުން ފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއްދީ ހެއުކަންކަމުގައި ޝާމިލުވެ އެ ކަންކަމުގައި ދެމިތިބުމަށް ހުތުބާގައި ވަނީ ނަސޭހަތް ދެއްވާފަ އެވެ. 

މީގެ އިތުރުން މި ދުވަސްވަރު އުޟުހިޔާ ކަތިލުމުގެ މާތްކަމަށްވެސް ހުތުބާގައިވަނީ އަލި އަޅުވާލާފަ އެވެ. 

" އުޟުހިޔާ ކަތިލުމަކީވެސް މި ދުވަސްވަރު ކުރުމަށް ޝަރުއުގައި ކަނޑައަޅުއްވައިފައިވާ ހެއު އަމަލެކެވެ. ގަދަވެގެންވާ ސުންނަތެކެވެ. އުޟުހިޔާގެ ގޮތުގައި ކަތިލެވޭނީ ގެރި، ބަކަރި، ޖަމަލު ފަދަ ނަޢަމްސޫފީގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. އީދު ނަމާދުގެ ފަހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހު އިރުއޮއްސިއްޖައުމާ ހަމައަށް މި ކަމުގެ ވަގުތު ތަނަވަސްވެގެން ވެއެވެ." ހުތުބާގައި ވެއެވެ.

އެހެންކަމުން ހައްޖު މަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރާރުންވުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި، ބާތިލު ވާހަކަދެއްކުމާއި، ފިތުނައުފައްދައި، ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެ ތިބޭ ބަޔަކަށް ވުމަށް ހުތުބާގައިވަނީ ގޮވާލާފަ އެވެ. އަދި މާތް ﷲ ލޯބިވެ ވޮޑިގެންނުވާ އެއްވެސް އަމަލަކަށް އަރައިނުގަނެ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންވެސް ހުތުބާގައިވަނީ ގޮވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;