ads
މި ހެކަތަންގެ މަގްސަދަކީ މެންޓަރުންގެ އެހީތެރިކަމާ އެކު، ޑިޖިޓަލް ހިޔާލުތައް އަމަލީ މަސައްކަތްތަކަކަށް ބަދަލުކޮށް، ޕްރޮޓޯޓައިޕްތަކެއް އުފެއްދުން.
ބީއެމްއެލް އާއި މައިންޑްކޯގެ ހެކަތަންގައި ބައިވެރިވާން ހުޅުވާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "ކޮލެބް 26 ހެކަތަން" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ބީއެމްއެލްއިން ބުނީ މި ހެކަތަންގެ މަގްސަދަކީ މެންޓަރުންގެ އެހީތެރިކަމާއެކު، ޑިޖިޓަލް ހިޔާލުތައް އަމަލީ މަސައްކަތްތަކަކަށް ބަދަލުކޮށް، ޕްރޮޓޯޓައިޕްތަކެއް އުފެއްދުމެވެ.

ބީއެމްއެލުން ބުނީ މި ހެކަތަން ކުރިއަށް ދާނީ މި ދެ މުއައްސަސާ ގުޅިގެން އަލަށް އުފެއްދި "ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު"ގެ ދަށުން ކަމަށެވެ. އަދި މިއީ "ކޮލެބް 26" ކޮންފަރެންސްގެ ފުރަތަމަ ދެ ދުވަހުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ބުންޏެވެ.

މީގެ އިތުރުން ބައިވެރިންގެ މެދުގައި ޓީމުތަކަށް ބަހާލައިގެން، ކަނޑައެޅިފައިވާ ދެ ދާއިރާއަކުން (ޓްރެކް) އަމަލީ ގޮތުން ބޭނުންކުރެ ވޭނެ ފަދަ ސޮލިއުޝަންތަކެއް ތަރައްގީ ކުރާނެ ކަމަށް ވ ެސް ބީއެމްއެލުން ބުންޏެވެ.

ޓްރެކް 1 ހާއްސަ ވާނީ ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރުމަށް ކަމަށެވެ. އަދި ޓްރެކް 2 ހާއްސަ ވާނީ، ސްވައިޕް އޭޕީއައި މެދުވެރިކޮށް ފިންޓެކް އީޖާދުތަކަށެވެ.

މި ހެކަތަންއަކީ މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އުފެއްދި ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރުގެ މައިގަނޑު އެއް ހަރަކާތެވެ. މިއީ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން" އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ.

ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ބައްޓަންކުރުމަށް ޝައުގުވެރިވާ ޑިވެލޮޕަރުން، ޑޭޓާ ސައިންޓިސްޓުން، އެކި ދާއިރާތަކުގެ ތަޖުރިބާކާރުން، ދަރިވަރުން އަދި ވިޔަފާރިވެރިންނަށް 'ކޮލެބް 26' ގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ހެކަތަންގެ އިތުރު ތަފްސީލާއި މެންޓަރުންގެ މައުލޫމާތު ހިއްސާކުރެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;