ads
މީދޫ ވޯޓު މައްސަލަ ހުށަހެޅި ސުހާ، ކެމްޕެއިންގައި ފަސްޓްލޭޑީއާއެކު
އިންތިހާބާއި ގުޅިގެން ހައިކޯޓަށް ވެއްދި ދެވަނަ މައްސަލަވެސް ޕީއެންސީ ކޮޅަށް
ދ. މީދޫ ކައުންސިލް ރައީސް ހޮވަން ނެގި ވޯޓު ބާތިލުކުރަން ވެރިކަން ކުރާ ޕީއެންސީ ހައިކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން އެޕާޓީއާ އެއްކޮޅަށް ނިންމައިފިއެވެ.
Advertisement

ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ މައްސަލަ ބޮޑުވި އެއް ދާއިރާ ކަމަށްވާ ދ. މީދޫ ދާއިރާގެ ރައީސްގެ ވޯޓުގައި، އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.

އެހެންނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައިގައި އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ވަނީ، މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމާފައެވެ. އެ ކޮމިޝަނުން އަލުން ވޯޓު ގުނުމުން އެއް ވޯޓުގެ ތަފާތުން ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.

އެހެންކަމުން އެ މައްސަލަ ޕީއެންސީން ހައިކޯޓަށް ހުށައެޅި އެވެ. އެ ކޯޓުން މިއަދު އިއްވި ހުކުގައިވަނީ އިލެކްޝަންސް ކޮމިޝަނުން ސުހާއަށް ލިބުނު ވޯޓުގެ ތެރެއިން ބާތިލުކުރި އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފައެވެ. އަދި ނިންމުމާއި އެއްގޮތަށް އަލުން ނަތީޖާ އިއުލާންކުރަން އިލެކްޝަންސް ކޮމިޝަން މައްޗަށް ވަނީ އަމުރުކޮށްފައެވެ. 

ހައިކޯޓް މި ނިންމުމާއިއެކު ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށާއި އެމްޑީއޭ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބުނު ވޯޓް މިވަނީ އެއްވަރުވެފައެވެ. ކޮންމެ ކެންޑިޑޭޓަކަށް ލިބުނީ 392 ވޯޓެވެ. އެހެންކަމުން ދ. މީދޫ ކައުންސިލް ރައީސް ހޮވަން އަލުން ޖެހޭނީ ވޯޓްލާށެވެ. 

ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ އެޗމައްސަލަ ބެއްލެވި ފަނޑިޔާރު އިސްމާއީލް ޝަފީއު، އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، އަދި ފަނޑިޔާރު ހަސަން ޝަފީއުގެ އިއްތިފާގުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;