ads
ހައިވޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް
ރޭ ހައިވޭގައި ހިނގި އެކްސިޑެންޓްގައި މަރުވީ 50 އަހަރުގެ އިންޑިއާ މީހެއް
ރޭ ހައިވޭގައި ހިނގި އެކްސިޑެންޓްގައި މަރުވީ 50 އަހަރުގެ އިންޑިއާ ރައްޔިޔެއްކަމަށްް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ފުލުހުންގެ ބުނީ މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 10:12 އެހައިކަންހާއިރު ކަމަށެވެ. 

އެ އެކްސިޑެންޓުގައި މަރުވީ ދެވާ ރަޖަން ޔެސޫ ދަސަން ކިޔާ ފިރިހެނެކެވެ. އޭނާއަކީ އައިލެންޑް އޭވިއޭޝަންގެ ޑްރައިވަރެއްގެ ވަޒީފާގައި އުޅޭ މީހެކެވެ. އޭނާ އެތަނުގައި އޭނާ މަސައްކަތްކުރާތާ 10 ވަރަކަށް އަހަރުވެދާނެކަަމަށް ބައެއް މީހުން ބުނެއެވެ. 

މި އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭ، ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅި، އެއާޕޯޓު ލައިޓް ކައިރީގައިކަމަށް ފުލުހުން ބުނެއެވެ.


އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ލޮރީއެއް ދަށުވެއެވެ. އެލޮރީއަކީ އެމްޑަބްލިއުއެސްސީގެ ފެން ލޮރީއެކެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަން ވަނީ އެނގިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;