ads
20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ މިދައުރު މި މަސްް ނިމެންްދެން ދަންމާލަން ފާސްްކޮށްފި
ރައްޔިތުން މަޖިލީހުގެ މިދައުރު މި މަސްް ނިމެންްދެން ދަންމާލަން ފާސްްކޮށްފިއެވެ.
Advertisement

މަޖިލީހުގައި މިހާރު ހިގަމުން ދަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކެވެ. މި ދައުރު ނިމި މެމްބަރުން ޗުއްޓީއަށް ދާނީ މިއަދުން ފެށިގެންނެވެ. 

އެހެންނަމަވެސް މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގައި ރައީސްް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން  މި  ދައުރު ދަންމާލަން ފެންނަކަމަށް ވިދާޅުވެފައެވެ. އަދި މި ހިނގާ ދައުރުގެ ޖަލްސާތައް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ފެންނަކަމަށް ވަނީ ވިދާޅުވެފައެވެ. 

މަޖިލީހުގެ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަން ފެންނަކަމަށް ނެގި ވޯޓުގައި ފެންނަކަމަށް ވޯޓް ދެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ 72 މެމްބަރުންނެވެ. މަޖލީހުގައި ދައުރު ދަންމާލަން ނުފެންނަކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ވޯޓް ދީފައެވެ. އެގޮތުން ނުފެންނަކަމަށް 11 މެމްބަރަކު ވަނީ ވޯޓް ދެއްވާފައެވެ. 

މަޖިލީހުގެ ދައުރު މި މަސް ނިމެންދެން ދަންމާލިނަމަވެސް މަސައްކަތް ކުރަން އޮންނާނީ އަންނަ ހަފްތާ އެކަންޏެވެ. ސަބަބަކީ މިމަހުގެ 21 ފެށިގެން 31 ގެ ނިޔަލަށް ބޮޑު އިީދަށް ސަރުކާރު ބަންދުވާނެތީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;