ވ. އަތޮޅުގައި ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ފަސް މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެކަމަށް ބުނެ ފުލުހުން މީޑިއާތަކަށް މެސެޖު ފޮނުވީ މިރޭ 18:52 ގައެވެ. އަދި އޭގެ ފަހުން 19:04 ގައި މަރުވެފައިވަނީ އިޓަލީއަށް ނިސްބަތްވާ 5 ފަތުރުވެރިންކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންނަމަވެސް އެ މައުލޫމާތު ނޫސްތަކާއި މީޑިއާތަކުން ހާމަކުރިތާ އެއްގަޑިރަށްވުރެ ގިނަ އިރުވީފަހުން ފުލުހުން ވަނީ ޑައިވިންނަށް ދިޔަ ފަސް މީހުން މަރުވެފައި އޮއްްވާ ފެނުނުކަމަށް ބުނެވުނީ އޮޅުމަކުންކަމަށެވެ.
އާއްމުކުރި މައުލޫމާތަކީ ނުބައި މައުލޫމާތެއްކަން އެނގިގެން ފުލުހުން އެކަން ހާމަކުރިއިރު ފަސް މީހުން މަރުވި ހަބަރު ވަނީ ބޭރުގެ ނޫސްތަކަށްވެސް އަރާފައެވެ. ބޭރުގެ ނޫސްތަކަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާއިރު ފުލުހުން ދިވެހި މީޑިއާތަކަށް ހާމަނުކުރާ މައުލޫމާތުވެސް ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.
ރޮއިޓާސްގައި ވާ ހަބަރުގައިވާ ގޮތުން އިޓަލީ ފަސް ފަތުރުވެރިން މަރުވީ ވ އަތޮޅުގައި 50 މީޓަރީ އަޑި ބަލާލަން ފައިބައި އެމީހުން އުޅެނިކޮޮށްކަމަށްވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;