ads
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަނީ
ބާކީ ތިބި 4 މީހުންވީ 200 ފޫޓް ދިގު ކޭވެއްގެ ތެރޭ، މީ ނުރައްކާތެރި އޮޕަރޭޝަނެއް: ސިފައިން
ޑައިވިންނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ 4 މީހުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ ކޭވްގެ ތެރޭގައިކަމަށާއި އެމީހުން ހޯދުން މީ ނުރައްކާތެރި އޮޕަރޭޝަނެއްކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
Advertisement

އެމްއެންޑީއެފުން ބުނީ ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާކަމަށާއި އެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންކަމަށެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައިކަމަށްވެސް އެމްްއެންޑީއެފުން ބުނެއެވެ.

ގެއްްލިގެން ހޯދަމުން އަންނަ 4 މީހުން ހޯދުމުގެ އޮޕަރޭޝަނަކީ ނުރައްކާތެރި ހައިރިސްކް އޮޕަރޭޝަނެއްކަމަށް ސިފައިން ބުނެއެވެ. 

" މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ." އެމްއެންޑީއެފުން ބުނެއެވެ.

މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ގާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ. 

މި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން ފެނުނު މީހާގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދުގެ 18:13 ހާއިރު މޫދު އަޑިންކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމީހާގެ ހަށިގަނޑު މިހާރުވަނީ ވ.ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;