ads
ރޭގައި ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
މުހިއްްމު މީހެއް ނުހުންނާނެ، އެމްއެމްޕީއާރުސީ މައްސަލަ ބަލަން ގޮވާލަން: ރަައީސް
ކަމާއި ބެހޭ ހުރިހާ އިދާރާތަކުން އެމްއެމްޕީއާރުސީގެ ވައްކަން ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
Advertisement

ވެރިކަން ކުރާ ޕީއެންސީން ރޭ ބެއްވީ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްްޒު ވަނީ މިދިޔަ ހުރިހާ ސަރުކާރަކަށް ފާޑު ވިދާޅުވެ ކުރީގެ ރައީސުންނަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ. އަދި އެ ސަރުކާރުތަކުން ހިނގާދިޔަ ކަރެޕްޝަން މައްސަލަތައް ބައްލަވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި ފަހުގެ ތާރީހެއްގައި ހިންގައި ދިޔަ އެންމެ ބޮޑު ހިޔާނަތްކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަން ހިމެނެއެވެ. 

ރައީސް މުއިއްޒު ރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ހިނގި ނަމަވެސް އެ ވެރިކަމުގައި އޮތީ ކޮރަޕަޝަނާއި އަނިޔާވެރިކަން ކަމަށެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނެކަމަށް މިދިޔަ ވެރިކަމުގައި ބުނި ނަމަވެސް އެކަން ބެލިފައި ނުވާކަން ފާހަގަކުރައްވަމުން ރައީސްް މުއިއްޒު ވަނީ ރައީސް ޔާމީން ސަރުކާރުގެ ހިނގި އެމްއެމްޕީއާރުސީ ވައްކަމާއި އެނޫންވެސް ވައްކަމުގެ މައްސަލަތައް ބަލަން މުވައްސަސާތަކަށް ގޮވާލާފައެވެ. އަދި އެކަމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" އެމްްއެމްޕީއާރުސީގެ ވައްްކަމާއި މިހެން ގޮސް އޭރުގައި ހިންގާފައި ހުރި ހުރިހާ ވައްކަމެއް ހިނގި ހުރިހާ ފަރާތްތަކަށް މިނިވަން ހުރިހާ މުވައްސަސާތަކުން ވަރުގަދަ މަސައްކަތްތަކެއްް ކޮށް އަޅުގަނޑުމެން އެންމެނަށް އޭގެ ހައްގު ހޯދައިދޭން އަޅުގަނޑު ހުރިހާ މުވައްސަސާތަކަށް ގޮވާލަން. މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަންް." މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް މުހިއްމު މީހެއް ނުހުންނާނެކަމަށެވެ. 

" އޭގެއިން އެއްވެސް ފަރާތަކީ އެފަރާތަކަށް ވުރެ ގައުމު ދޫކޮށްލާފައި އިސްކުރާނެ ފަރާތެއް ނޫން. އަޅުގަނޑު އިސްކުރާނީ ގައުމު." ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހިނގި ވެންޓިލޭޓަރުގެ ހިޔާނާތްވެސް މިނިވަންް މުވައްސަސާތަކުން ބަލާ އެކަމުގައި ހަގީގަތުގައި ބެދޭ ފަރާތްތަކަށް އަދަބު ދިނުމަށްވެސް ރައީސް މުއިއްޒު ރޭ ވަނީ ގޮވާލައްވާފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;