ads
ވިސާއާ ނުލައި ދިވެހިންނަށް ސީޝެލްސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއްގައި ސޮއިކުރުން
ވިސާއާ ނުލާ ސީޝެލްސްއަށް ދެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
ވިސާއާ ނުލައި ދިވެހިންނަށް ސީޝެލްސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުން ގާއިމްކޮށްފައިވަނީ، ސީޝެލްސްގެ ހާރިޖީ ވަޒީރު ބެރީ ފޯ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން ދެ ގައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި 30 ދުވަހު ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.

ދިވެހިރާއްޖެއިން ސީޝެލްސްއާއެކު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމުކުރީ، 1 ޖުލައި 1980 ގައެވެ. ދެ ގައުމުގެ ގުޅުމަށް މިއަހަރު 46 އަހަރު ފުރޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;