ވ. އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީއަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުނިކޮށް ޑީކޯވެގެން މަހުދީގެ ހާލު ދެރަވެގެން ފަރުވާ ދޭން ފޭށި މިއަދު ހަވީރުއެވެ.
އޭނާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ހޮސްޕިޓަލަށް ގެންދިޔަތާ ގިނައިރުތަކެއް ނުވެއެވެ.
މަހުދީގެ މޫނު ދެއްކުން މިރޭ 19:00 ފެށިގެން މަރުކަޒުގައި ކުރިޔަށް ދާނެއެވެ. އަދި އޭނާގެ ކަށުކަމާއިކެމީގެ ކަންކަން ކުރިޔަށްދާނީ މާފަންނު އާސަހަރާގައެވެ.
އެމްއެންޑީއެފްއިން ބުނީ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ އޮންނާނީ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ކަމަށެވެ.
މި ޖަނާޒާގައި ވީހާ ގިނަފަރާތްތަކުން ބައިވެރިވެލެއްވުމަކީ ވަރަށްބޮޑު އެދުމެއްކަށް އެމްއެންޑީއެފް އިމް ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;